ads
އިޝްފާން——ފޮޓޯ: އިންސްޓަގްރާމް
ސިންގަލްކޮށް ހުއްޓަސް އަދި މިންގަލްވާކަށް އިޝްފާން ނުވިސްނާ
ރާއްޖޭގެ މަޝްހޫރް ޓިކްޓޮކް ތަރިންގެ ލިސްޓެއް ހަދާނަމަ ގދ. ރަތަފަންދޫ އަށް އުފަން އިޝްފާންގެ ނަން އެއީ ދޫކޮށް ނުލެވޭނެ ނަމެކެވެ.

އެތަކެއް ފޮލޯވަރުންނެއް އޮންނަ އިޝްފާން ހާއްސަވަނީ ހަމައެކަނި ޓިކްޓޮކަކަށް ވެސް ނޫނެވެ. އޭނާއަކީ ހުނަރުވެރި މޮޑެލްއެއްވެސް މެއެވެ. އެހެންކަމުން އޭނާގެ އެތައް ސަތޭކަ ފޭނުންނެއް އެންމެ ބަލައިލާން ބޭނުންވާނީ އިޝްފާން ހުރީ ސިންގަލްކޮށްތޯ ނުވަތަ ނޫންތޯ ކަން ޔަގީނެވެެ. 

އެފަދަ ކުދިންނަށް އޮތީ އުފާވެރި އަދި ހިތާމަވެރި ހަބަރެއްވެސް މެއެވެ. މިފަހުން ޓީވީ ޝޯއެއްގައި އޭނާއާއި މި ސުވާލު ކުރެވުނެވެ. 

އިޝްފާން ވަނީ އޭނާ “ސިންގަލް ނޫނަސް އަދި އެހާއަވަހަށް ރިލޭޝަންޝިޕަކަށް ދާކަށްވެސް ނުވިސްނަން” ކަމަށެވެ.  

އިޝްފާން ޓިކްޓޮކް ކުޅެން ފެށީ ފޫހިވެގެން މީގެ ދެއަހަރު ކުރިންނެވެ. މިހާރު އޭނާގެ ޓިކްޓޮކް ފޮލޯވަރުންގެ ތެރޭގައި 23،000އަށްވުރެ ގިނަ ފޮލޯވަރުން ތިބެއެވެ. 

ޓިކްޓޮކްގެ ތެރެއިން ލިބުނު މަގުބޫލުކަމަށްފަހު އޭނާއަށް ވަނީ ފިލްމީ ދާއިރާއިންވެސް ފުރުސަތު ލިބިފައެވެ. އެގޮތުން އޭނާގެ ދެ ފިލްމެެއް މިހާރުވެސް އޮތީ ރިލީސް ކުރުމުގެ މަގުމަތީގައެވެ.

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް