ads
އިންޑިއާ ލޮކްޑައުން ކުރުމުން ބޮލީވުޑް ތަރިން ރާއްޖެއަށް
ކޮވިޑްގެ ތިންވަނަ ރާޅު އިންޑިއާ އަށް ބިންދާލާފައި ވާއިރުގައި އެ ބިރުވެރި މާހައުލުން ސަލާމަތް ވުމަށްޓަކައި ބޮލީވުޑްގެ ގިނަ ތަރިން ރާއްޖެއަށް ދަނީ އަންނަމުން ނެވެ.

އެގޮތުން ރާއްޖެގައި މިހާރު ވެސް މަޝްހޫރު ތަރިން ޗުއްޓީ ހޭދަކުރަމުން އެބަ އާދެއެވެ. އެގޮތުން ސާރާ އަލީ ހާން އާއި އޭނާގެ މަންމަގެ އިތުރުން ކޮވިޑުން ދާދިފަހުން ރަނގަޅުވެފައިވާ އާލިއާ ބަޓް އާއި އޭނާގެ ލޯބިވެރިޔާ ރަންބީރު ކަޕޫރް ވެސް އަންނަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ނެވެ.

މީގެ އިތުރުން ޓައިގާ ޝްރޮފް އާއި އޭނާ ރަށްޓެހިވެގެން އުޅޭކަމަށް އަޑުފެތުރިފައިވާ ދިޝާ ފަޓާނީވެސް ވަނީ ރާއްޖޭގަ އެވެ. އޭގެ އިތުރުން ވެސް ގިނަ ތަރިން އަންނަނީ ރާއްޖޭގައި މިހާރު ޗުއްޓީ ހޭދަކުރަމުން ނެވެ.

ގިނަ ތަރިން ރާއްޖެގައި ޗުއްޓީ ހޭދަކުރަމުން އަންނަ އިރު ޑަބްލިއު އެޗްއޯއިން ވަނީ ކޮވިޑްގެ އެންމެ ނުރައްކާ ބޮޑުގައުމުތަކުގެ ލިސްޓުގައި އިންޑިއާގެ ނަން ހިމަނާފަ އެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް