ads
އޭޝްލީ ---
ދުނިޔޭގެ ހިޖާބު ދުވަހާ ގުޅިގެން އިސްލާމް ދީނަށް ޝައުގުވެރިވި އަންހެނެއް
މިއީ މީގެ ދެ އަހަރު ކުރިން އިސްލާމްދީނުގެ ހިދާޔަތު ލިބުނު އެމެރިކާ އަންހެނެއްގެ ވާހަކަ އެކެވެ.

އޭޝްލީ ކިޔައިދިން ގޮތުގައި އޭނާ އުޅެ ބޮޑުވީ މުޅިންހެން ނަސޯރާ ދީނުގެ މީހުންދިރިއުޅޭ ހިސާބެއްގައި، އެދީނުގެ މައްޗަށެވެ. އަދި އޭނާ އުޅެ ބޮޑުވި ސަރަހައްދަކީ އެހެން ދީނުގެ، އަދި އެހެން ނަސްލުގެ މީހުން އެހާ ގިނައިން ދިރި ނޫޅޭ ސަރަހައްދެއް ކަމުން، އޭނާގެދިރިއުޅުމުގެ ބޮޑު ބައެއް ހޭދަވީ އިތުރު ސަގާފަތްތަކާއި ދީނުގެ ކަންކަން މާބޮޑަށް ނޭންގި ކަމަށެވެ.

މިކަން ބަދަލުވެގެން އައީ އޭނާ މަތީ ތައުލީމު ހާސިލު ކުރުމަށް ޔުނިވާސިޓީ އަށް ދާން ފެށި ފަހުން ކަމަށް އޭޝްލީ ކިޔައިދިނެވެ. އެގޮތުން ޔުނިވާސިޓީގައި އުޅުނު ދުވަސްވަރު އެކި ދީންތަކާއި، އެކި ސަގާފަތުގެ މީހުންނާ ބައްދަލުވި ކަމަށް އޭނާ ކިޔައިދިނެވެ. އަދި އެއީ އޭނާގެ ހަޔާތުގައި ކަޅު ނަސްލުގެ މީހުންނާ ދިމާވި ފުރަތަމަ ފަހަރު ކަމަށް އޭޝްލީ ކިޔައިދިނެވެ. 

ޔުނިވާސިޓީގައި އުޅުން ދުވަސްވަރު އިންޓަނޭޝަނަލް ދަރިވަރަކާއި އެމެރިކާ ދަރިވަރެއް ޕާޓްނާ ކުރާ ޕްރޮގްރާމެއްގެ ނޯޓިސްއެއް ފެނުމުން އޭޝްލީ އެ ޕްރޮގްރާމުގައި ބައިވެރިވީ، އެއީ ރަހުމަތްތެރިން ހޯދަން ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް ދެކިގެންނެވެ. އަދި އެއީ އޭނާއަށް އިތުރު ކަންކަން ދަސްކުރުމަށާއި، އެހެން މީހަކަށް ކަންކަން ދަސްކޮށްދިނުމަށް ލިބޭނެ ފުރުސަތެއް ކަމަށް ބެލެވުމުންކަމަށް އޭޝްލީ ކިޔައިދިނެވެ. 

މި ޕްރޮގްރާމްގެ ދަށުން އޭޝްލީގެ ޕާޓްނާއަކަށް ޕްރޮގްރާމް ހިންގި ފަރާތުން ހަމަޖެއްސީ ސައުދީ އަރަބިއްޔާގެ ދަރިވަރެކެވެ. އޭޝްލީ ބުނީ މި ޕްރޮގްރާމްގެ ސަބަބުން އެ ދެމީހުން ވަރަށް ގާތް ރަހުމަތްތެރިންނަށް ވެގެން ދިޔަ ކަމަށެވެ. އަދި އެ އަންހެން ކުއްޖާ އާއެކު ދެ އަހަރު ހޭދަ ކުރެވުން ކަމަށާއި، އޭނާގެ ފުށުން ގިނަ ކަންކަން ދަސްވި ކަމަށް އޭޝްލީ ކިޔައިދިނެވެ. ނަމަވެސް އޭރު ދެމީހުންގެ ދެމެދު މާ ގިނައިން ދީނީ ވާހަކަތައް ދެކެވިފާ ނުވާ ކަމަށްވެސް އޭޝްލީ ކިޔައިދިނެވެ. 

އޭޝްލީ ކިޔައިދިން ގޮތުގައި އޭނާގެ ޑިގްރީ ނިންމުމަށްފަހު ޖެހިގެން އައި އަހަރުގެ ޖެނުއަރީ މަހު، ދުނިޔޭގެ ހިޖާބު ދުވަހުގެ ކުރީ ދުވަހު އޭނާއަށް އެކަމުގެ ވާހަކަ އެނގިގެން ދިޔަ ކަމަށް އޭޝްލީ ކިޔައިދިނެވެ. ކޮންމެ އަހަރަކުވެސް ދުނިޔޭގެ ހިޖާބް ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަނީ ޖެނުއަރީ ނުވައެކެވެ. 

ފޭސްބުކް މެދުވެރިކޮށް ދުނިޔޭގެ ހިޖާބު ދުވަހުގެ ވާހަކަ އެނގުމުން، އެ ދުވަސް ފާހަގަ ކުރުމުގައި ބައިވެރިވި ކަމަށް އޭޝްލީ ކިޔައިދިނެވެ. އެގޮތުން އެ އަހަރު ދުނިޔޭގެ ހިޖާބު ދުވަހު އޭނާ ގެއިން ނިކުތީ ބުރުގާ އަޅައިގެން ކަމަށް އޭޝްލީ ކިޔައިދިނެވެ. އަދި އެދުވަހު އޭނާއަށް ލިބުނީ މުޅިންވެސް "ޕޮޒިޓިވް ފީޑްބެކް" ކަމަށް އޭޝްލީ ކިޔައިދިނެވެ. 

އޭގެ ފަހުން ދުނިޔޭގެ ދުނިޔޭގެ ހިޖާބު ދުވަހާއި ގުޅިގެން ރިސާޗްކޮށް ކަންކަން ދަސްކުރި ކަމަށް އޭޝްލީ ކިޔައިދިނެވެ. އަދި ޖެހިގެން އައި 2018 ވަނަ އަހަރު އޭނާ ދުނިޔޭގެ ހިޖާބު ދުވަހުގެ އެމްބެސަޑަރަކަށް ވީން ކަމަށް އޭޝްލީ ކިޔައިދިނެވެ. އަދި އެއަހަރު ދުނިޔޭގެ ހިޖާބު ދުވަހުގެ ހާއްސަ ހަރަކާތެއް އޭރު އޭނާ އުޅުނު ސިޓީގައި ބޭއްވުމަށް، މިސްކިތެއް ހިންގާ ބަޔަކާ ބައްދަލު ކުރި ކަމަށް އޭޝްލީ ކިޔައިދިނެވެ. 

އެގޮތުން އެ ބައްދަލުވުން ފެށުމުގެ ކުރިން މިސްކިތުން ދިމާވި މީހަކު އޭނާއަށް ދެ ހަތިމް ދިން ކަމަށް އޭޝްލީ ކިޔައިދިނެވެ. އަދި އެ މީހާ ވަނީ މީޑިއާ އިން މުސްލިމުން ގެނެސްދޭ ގޮތާއި ގުޅިގެން ވާހަކަ ދެއްކި ކަމަށާއި، އެއީ ވަރަށް އެކަމާ ވިސްނުން ކަމެއް ކަމަށް އޭޝްލީ ކިޔައިދިނެވެ. އަދި އެމީހާ އޭރު ބުނި ބަސްތަކުން، އޭޝްލީ އަމިއްލައަށް އިސްލާމް ދީން އުނގެނެން ނިންމި ކަމަށް ކިޔައިދިނެވެ. 

ދުނިޔޭގެ ހިޖާބު ދުވަހާއި ގުޅިގެން، "30 ޑޭ ހިހިޖާބް ޗެލެންޖެއް" ކުރިއަށް ގެންދެއެވެ. އޭޝްލީ ކިޔައިދިން ގޮތުގައި، 2018 ވަނައަހަރުގެ ދުނިޔޭގެ ހިޖާބު ދުވަހާއި ގުޅިގެން މިސްކިތަކާއެކު އެކި ހަރަކާތް ކުރިއަށް ގެންދިއުމަށްފަހު އެ 30 ދުވަހުގެ ޗެލެންޖުގައި ބައިވެރި ވުމަށް އޭނާ ނިންމި އެވެ. 

ނަމަވެސް އެކަމާ ދުވަސް ކޮޅަކު ވިސްނިން ކަމަށާއި، އެންމެ ފަހުން އެ ޗެލެންޖު ފުރިހަމަ ކުރަން ނިންމީ ރޯދާ މަހު ކަމަށް އޭޝްލީ ކިޔައިދިނެވެ. އަދި މި ޗެލެންޗު ފުރިހަމަ ކުރުމުގެ ކަންކަން ކުރި އިރު، މިސްކިތަށް އޭނާ ދާނެތީ އެއަހަރުގެ ރޯދަ މަހު ރޯދަ ހިފަން ނިންމި ކަމަށެވެ.

އެ އަހަރުގެ ރޯދަ މަހު އޭނާ ގިނަ ރޭރޭ ހޭދަކުރީ މިސްކިތުގައި ކަމަށް އޭޝްލީ ކިޔައިދިނެވެ. އަދި އެއްވެސް ކަމެއް ދަސްކުރަން އޭނާއަށް އެއްވެސް މީހަކު މަޖުބޫރު ނުކުރާ ކަމަށާއި، ނަމަވެސް އަބަދުވެސް އެއްޗެއް ނޭނގޭ ނަމަ އަހަން އިރުޝާދު ދިން ކަމަށް އޭޝްލީ ކިޔައިދިނެވެ. އަދި އޭރު މިސްކިތުގައި ވަގުތު ހޭދަ ކުރެވުން ވަރަކަށް މީހާއަށް ބަދަލުތަކެއް އަންނަން ފެށިގެން ފާހަގަވި ކަމަށް އޭޝްލީ ކިޔައިދިނެވެ.

ގުރުއާން ކިޔަވާ، އިސްލާމްދީނުގެ ކަންކަން އުނގެނެމުން، މިސްކިތުން ދިމާވި ރަހުމަތްތެރިއެއް ކައިރީ ނަމާދު ކުރަން ދަސްކޮށްދޭން އެދުނު ކަމަށް އޭޝްލީ ކިޔައިދިނެވެ. އަދި ކަންކަން ދަސްކުރުމުގެ ތެރެއިން އިސްލާމްދީނަށް ލޯބި ޖެހުން ކަމަށް އޭޝްލީ ކިޔައިދިނެވެ. 

އޭޝްލީ އިސްލާމްދީން ގަބޫލު ކުރީ އެ އަހަރުގެ ރޯދަ މަހުގެ އެންމެ ފަހު ދުވަހުއެވެ. އެއީ މުޅި ރޯދަ މަހު ރޯދަ ހިފުމަށް ފަހުއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް