ads
ހާރުކާން ރަނގަޅީ ކޯއްޗެއް؟
ހާރު ކާން އެންމެ ރަނގަޅީ ކޯއްޗެއް؟
ހާރުކެއުމަކީ ސުންތެކެވެ. ނަމަވެސް ހާރުކެވޭ ގޮތަކުން ރޯދައަށް ހުންނައިރު ހަށިގަނޑަށް ލިބެންޖެހޭ މިންވަރަށް މައުދަންތަކާއި މާއްދާތައް ނުލިބިދާނެއެވެ. އޭގެ ސަބަބުން ވަރުބަލިވުމާއި މާޔޫސްކަން ގެނުވާނެއެވެ. މިހެންކަމުން ރަނގަޅު ހާރެެއްކެއުމަކީ ތިމާގެ މުޅި ދުވަސް އުޖާލާ ކޮށްދޭނެކަމެކެވެ.

މިގޮތުން ބްރިޓިޝް ނިއުޓްްރިޝަން ފައުޑޭޝަން އިން ބުނާގޮތުން، ހާރުކާ ވަގުތަކީ ވެސް ގިނަ އަދަދަކަށް ފެނާއި ދިޔާތަކެތި ބޯންޖެހޭ ވަގުތެކެވެ. 

އެގޮތުން ފައިބާގިނަ ގޮދަނުގެ ބާވަތްތައް ކެއުން މުހިންމެވެ. މިސާލަކަށް ޒުވާރިއެވެ. ޒުވާރިއާއި ފޭނާއި ކިރު އެއްކޮށްގެން ކެވިދާނެއެވެ. ޒުވާރި ނުލިބޭނަމަ ހެނދުނުގެ ނާސްތާ ނެގުމަށް ބޭނުންކުރާ ކޯންފްލެކްސް އަކީ ވެސް ރަނގަޅު ކެއުމެކެވެ. 

ހާރު ދަމު ކެއުމުގައި ބަތް ވެސް ހިމެނިދާނެއެވެ. ނަމަވެސް ބަތް ކެއިކަމުގައިވީނަމަ ވެސް ލޮނު ގަދަކޮށް ނުކެއުމަށް އެ އެސޯސިއެޝަނުން ވަނީ އިރުޝާދު ދީފައެވެ. ބަތާއެކު ތަރުކާރީ މޭވާ ކެއުން މުހިންމެވެ. 

ޔޯގަޓަކީ ވެސް ހާރުކެއުމުގައި ހިމަނަން މުހިންމު ބާވަތެކެވެ. ސަބަބަކީ ޔޯގަޓުން ޕްރޮޓީން ކެލްސިމް އަދި އައިއޮޑިން ގެ އިތުރުން ތަފާތު ވިޓަމިންތައް ވެސް ލިބޭތީއެވެ. 

ޕާނަކީ ވެސް ހާރުކާން ރަނގަޅު ބާވަތެކެވެ. ނަމަވެސް ޕާނުން ސޭންޑްވިޗް ހަދާއިރު ލޮނު ގަދަ އަދި ހަރު ޗީޒް ބޭނުންކުރުން ބުއްދިވެރި ނޫންކަމަށް ބްރިޓިޝް ނިއުޓްްރިޝަން ފައުޑޭޝަން އިން ބުނެއެވެ. އަދި ގިނަދުވަހަށް ހަލާކުނުވާގޮތައް ބަންދުކޮށްފައި ހުންނަ މަސް ވެސް ބޭނުންކުރުން ރަނގަޅެއް ނޫނެވެ. އޭގެ ބަދަލުގައި ޕާނާއެކު ޕީނަޓް ބަޓަރު، މަޑު ޗީޒް ނުވަތަ ދޮންކެޔޮ ބޭނުންކޮށްގެން ސޭންޑްވިޗް ހެދިދާނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް