ads
އުޅަނދުފަހަރު ލަފާފުރަން ހާއްސަ ސަރަހައްދުތަކެއް---
ފަސް އިންސައްތައަށް ވުރެ ކޮވިޑް ކޭސް މަތި ރަށްތައް އިއުލާނުކޮށްފި
ރާއްޖޭގެ ރަށްތަކުގެ ތެރެއިން، ފަސް އިންސައްތައަށް ވުރެ ކޮވިޑް ޕޮޒިޓިވިޓީ ރޭޓު މަތީގައި އުޅޭ ރަށްތައް އެޗްޕީއޭއިން އިއުލާނު ކޮށްފި އެވެ.

އެޗްޕީއޭގެ މި ލިސްޓުގައި މާލެ ސަރަހައްދު ހިމެނޭހެން ހަތް ރަށެއް ހިމެނެއެވެ. އަދި މިހާރު މޮނީޓަރިންގެ ހާލަތުގައި ހުރި ރަށްތައްވެސް އެޗްޕީއޭއިން ވަނީ އާންމު ކޮށްފައެވެ. 

އެގޮތުން ފަސް އިންސައްތައަށް ވުރެ ކޮވިޑް ޕޮޒިޓިވިޓީ ރޭޓު އިތުރު ރަށްތަކަކީ، ގްރޭޓަ މާލެ އޭރިއާ، ބ. މާޅޮސް، ޅ. ނައިފަރު، ތ. ވޭމަންޑޫ، ކ. ހުރާ، ކ. ދިއްފުށި އަދި އދ. މާމިގިލި އެވެ.

އެޗްއީއޯސީން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވަނީ، މި ހަފްތާއިން ފެށިގެން ދެން ކޮންމެ ހަފްތާއަކު އަންގާރަ ދުވަހު، އެ ހަފްތާއެއްގައި ފަސް އިންސައްތައަށް ވުރެ ކޮވިޑް ޕޮޒިޓިވިޓީ ރޭޓު އިތުރު ރަށްތައް އިއުލާނު ކުރާނެ ކަމަށް ވިދާޅުވެފައެވެ. މިއީ ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރުމަށްފަހު، އެރަށުން އަނެއް ރަށަށް ދަތުރުކުރުމުގައި އެވްޕީއޭއިން އާންމު ކުރި އުސޫލަށް އަމަލު ކުރަން ފަސޭހައަށް އެޗްޕީއޭއިން އާންމު ކުރި ލިސްޓެކެވެ.

އެގޮތުން މި އުސޫލުގެ ދަށުން، ރަށެއްގައި ބަލިއުޅޭ ނިސްބަތް ފަސް ޕަސެންޓަށްވުރެ މަތި ރަށަކުން އެ ނޫން ރަށަކަށް ދަތުރު ކުރާނަމަ ޕީސީއާރު ނެގެޓިވް ރެޒަލްޓެއް ބޭނުންވާނެ އެވެ. އަދި އާބާދީގެ 60 ޕަސެންޓު މީހުންނަށް ކޮވިޑް ވެކްސިން ގެ ޑޯޒްތައް ހަމަވެފައިވާނަމަ، އެ ރަށަކަށް ކަރަންޓީނުވުމަކާ ނުލައި ދަތުރުކުރުމަށް ހުޅުވައިލެވޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް