ads
ފޮޓޯ--
ވޯޓާ ތީމް ޕާކް ހުޅުވޭނީ 2023 ގެ ކުރީކޮޅު:އެޗްޑީސީ
ހުޅުމާލޭގައި 25 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 385.5 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ހަދާ ވޯޓާ ތީމް ޕާކް 2023 ގެ ކުރީކޮޅު ހުޅުވާނެ ކަމަށް ހުޅުމާލެ ބަލަހައްޓާ، ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީގެ މީޑިއާ އޮފިޝަލް ސީއެންއެމް އަށް ވިދާޅުވީ ނިމިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ކޮވިޑާއި ގުޅިގެން އެ ޕާކުގެ މަސައްކަތް ވަނީ ހުއްޓިފައި ކަމަށެވެ.

އެހެންކަމުން ވޯޓާ ތީމް ޕާކް އެންމެ އަވަހަށް ވެސް ހުޅުވިގެން ދާނީ 2022 ވަނަ އަހަރުގައި ކަމަށާއި އަދި އެންމެ ލަސްވެގެން 2023 ގެ ކުރީކޮޅު އެ ޕާކު ހުޅުވިގެން ދާނެ ކަމަށެވެ.

އެ ފާކު ނިންމޭނެ ތާރީހެއް ޔަގީން ކަމާއެކުގައި އިނގޭނީ ދުނިޔޭގެ ބައެއް ގައުމުތަކުގައި އަޅާފައިވާ ޓްރެވަލް ރިސްޓްރިކްޝަންއަށް ރިޔާއަށް ކޮށްގެން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެޗްޑީސީއިން ޕާކްގެ މަސައްކަތް ކުރަނީ މެލޭޝިއާ މިރީ ހައުސިން ޑިވެލޮޕްމަންޓް ކުންފުންޏާ ހަވާލުކޮށްގެންނެވެ. ވޯޓާ ތީމް ޕާކަކާއި އެކު 50 ކޮޓަރީގެ ސިޓީ ހޮޓަލެއްގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އެތަން ތަރައްގީ ކުރަނީ ދިވެހިންނަށް އެ ތަނުގައި މަޑުކޮށްލެވޭ ގޮތަށް އަދި އަގު ހެޔޮކޮށް ކޮޓަރި ވެސް ލިބޭ ގޮތަށެވެ.

އެ ޕާކް ހިންގަން މިރީ ހައުސިންއަށް ދީފައި ވަނީ 35 އަހަރަށެވެ. 

ހުޅުމާލޭގެ ދެކުނު ކޮޅުން ބްރިޖަށް އަރަންދާ މަގުގައި އޮންނަ ބޮޑު މަގުގެ އަތިރިމައްޗަށްވާ ގޮތަށް ހަދާ ވޯޓަ ތީމް ޕާކުގައި ފެނުގެ ގިނަ ކުޅިވަރުތައް ކުޅެވޭނެ ވަސީލަތް ގާއިމް ކުރާނެ އެވެ. މި ތަނުގައި ވޯޓާ ސްލައިޑްސް އާއި ކުޑަކުދިންގެ ޕޫލް ތައް ހުންނާނެ އެވެ. އަދި ބަމްޕަ ބޯޓްސް އާއި ވޯޓާ ހައުސްގެ އިތުރުން ވޯޓާ ރޯލާޒް އާއި ވޯޓާ ގައިރޯ އާއި އަކުއާ ލޫޕްސްގެ އިތުރުން ފައުންޓަން ސްކޮއާގެ ދިގު ފެންކޯރެއްވެސް އޮވެ އެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް