ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓާ ކޮމިއުނިކޭޝަން އަހްމަދު ފަޒީލް
ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ ފަޒީލް، ހެކި ނުލިބިގެން ސަލާމަތްވެއްޖެ
Share
ކުޑަކުދިންނަށާއި ޒުވާން އަންހެން ކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުއްމަތު ކުރެވޭ އަހުމަދު ފަޒީލް، ހެކި ނެތުމުގެ ސަބަބުން ސަލާމަތް ވެއްޖެއެވެ.
Advertisement

ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރެއްގެ މަގާމުގައި ހުރި ފަޒީލް މި މައްސަލައިގައި ވަޒީފާއިން ސަސްޕެންޑްވެސް ކޮށްފައި ހުއްޓާ އޭނާ ސަލާމަތްވީ ޖިނާއި މައްސަލައަކަށް އެކަށީގެންވާ ވަރަށް ހެކި ނުލިބުމުގެ ސަބަބުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އޭނާއަށް ކޮށްފައިވާ ތުހުއްމަތު ތަކުގެ ތެރޭގައި ކުޑަކުއްޖަކު ރޭޕު ކުރުމުގެ ސަބަބުން އެކުއްޖާ ބަލިވެއިން ކަމުގެ މައްސަލައަކާއި، އޮޅިގެން ކަމަށް ބުނެ އަންހެން ކުދިންނަށް ބަދުއަހުލާގީ ފޮޓޯއާއި ވީޑިއޯ ފޮނުވާފައިވާ މައްސަލަ ހިމެނެއެވެ. 

މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ފަރާތުން ސިޔާސީ މަގާމެއްގައި ހުރި ފަޒީލް ސަސްޕެންޑް ކޮށްފައި ހުންނަތާ މިހާރު ނުވަ ވަރަކަށް މަސް ވެދާނެއެވެ. އެ މައްސަލަ މިހާރު ފައިލު ކޮށްފައި ވާއިރު އޭނާ އަލުން ވަޒީފާއަށް ނިކުންނަން ފެށިކަމެއް އަދި ޔަގީނެއް ނޫނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް