ads
މާކަނާއެއް -- ފޮޓޯ: ބެކްޕެކާސް މޯލްޑިވްސް
މަރުވި ކަމަށް ބުނާ މާކަނާ މަރެއް ނުވޭ: އީޕީއޭ
ރިސޯޓެއްގައި މާކަނާއެއް މަރާލި ކަމަށް ތުހުމަތު ކުރެވި އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިންް އެމައްސަލަ ބެލުމަށް ފަހު މާކަނާ މަރު ނުވާ ކަމަށް ބުނެފި އެވެ.
ރިސޯޓެއްގައި މާކަނާއެއް މަރާލި ކަމަށް ތުހުމަތު ކުރެވި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިންް އެމައްސަލަ ބެލުމަށް ފަހު މާކަނާ މަރު ނުވާ ކަމަށް ބުނެފި އެވެ.

އީޕީއޭއިން އެމައްސަލަ ބެލީ އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓުގެ ކޮޓަރި އަކަށް މާކަނާއެއް ވަނުމުން އެތަނުގެ މުވައްޒަފަކު، އޭތި ކޮޓަރިން ނެރުމަށް ފަހު ކުޑައަކުން އޭގައި ތަޅާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެންނެވެ. އޭރު އަޑުތައް އެރި ގޮތުގައި އަނިޔާވުމުގެ ސަބަބުން މާކަނާ ވަނީ މަރުވެފަ އެވެ.

އީޕީއޭއިން ރޭ ކުރި ޓްވީޓެއްގައި ބުނީ މަރުވި ކަމަށް ބުނި މާކަނާ މަރު ނުވާކަމުގެ ޔަގީންކަންދޭ ކަމަށެވެ. އަދި ރިސޯޓުގެ މުވައްޒަފުންނާއި އެތަނަށް ޒިޔާރާތްކުރާ ފަރާތްތައް އެފަދަ ކަންކަމަށް ހޭލުންތެރިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން މާކަނާ އަކީ ހިމާޔަތްކޮށްފައިވާ ދޫންޏެކެވެ. އެގޮތުން ހިމާޔަތްކޮށްފައިވާ ދިރޭ ތަކެއްޗަށް އަނިޔާކޮށް ގެއްލުން ދިނުމަކީ ގާނޫނީ ކުށެކެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް