ads
ހެލްތު މިނިސްޓަރު ޑރ. އަހުމަދު ނަސީމް--ފޮޓޯ:މަޖިލިސް
އެމްޕްލޯއިމަންޓް އެޖެންސީތަކުގެ ވިޔަފާރި ހަލާކޮށްލުމުގެ ތުހުމަތު ހެލްތަށް
އިންޑިއާގެ އެޖެންސީއެއް މެދުވެރިކޮށް ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ވަޒީފާ ހަމަޖައްސައިދޭ އެޖެންސީތައް އެއްފަރާތްކޮށް، މިނިސްޓްރީ އޮފް ހެލްތުން މީހުން ގެނައުމަކީ ގާނޫނު ނަންބަރު 6/2013 ހިލާފަށް، ދިވެހިރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ވިޔާފަރިތައް ސީދާ ފުނޑުފުނޑު ކޮށްލުން ކަމަށް ޔޫނިއަން ފޯ އެމްޕްލޯއިމަންޓް އެޖެންސީ އޮފް ދަ މޯލްޑިވްސްއިން ބުނެފި އެވެ.

އެ ޔޫނިއަން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ދިވެހި ރާއްޖޭގެ ވަޒީފާ އާއި ބެހޭ ގާނޫނު 2/2008 ގެ ދަށުން އުފެދިފައިވާ، އެމްޕްލޯއިމަންޓް އެޖެންސީތަކަކީ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ކުރެވިގެން، އެކަމަށްޓަކައި ނަގަންޖެހޭ ހުރިހާ ހުއްދައެއް ނަގައިގެން ވިޔަފާރީގެ އުސޫލުން މަސައްކަތްކުރާ ކުންފުނިތަކެއް ކަމަށެވެ.

އަދި ހެލްތު މިނިސްޓަރީގެ ނަންބަރު 2015/04/IUL)23/PRIV) (20 ޖޫން 2015) ގައި ވާގޮތުގެ މަތިން އެ މިނިސްޓްރީގައި ރަޖިސްޓްރީވެވިގެން، އެމިނިސްޓްރީއަށް ބިދޭސީ ޑޮކްޓަރުންނާއި އެހެނިހެން ހެލްތް ޕްރޮފެޝަނަލުން ގެންނަމުން ދިޔައީ، ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގަމުންދާ އެޖެންސީތަކެއް ކަމަށެވެ.

03 މާރޗް 2011 ގައި ހެލްތު މިނިސްޓަރީ ގެޒެޓްކޮށްފައިވާ ނަންބަރު 23/2021/51/IUL)23-S) އިއުލާނުން މިނިސްޓްރީގެ ދަށުން ހިންގަމުންދާ ހޮސްޕިޓަލް އަދި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ ފަންނީ މަގާމުތަކުގެ ތެރެއިން ދިވެހިން ނުލިބޭ މަގާމުތަކަށް ބިދޭސީން ރެކްރޫޓްކުރަމުން ގެންދިޔަ ގޮތަށް ބަދަލުގެނެވި، ބިދޭސީން ރެކްރޫޓް ކުރުމުގެ މަސައްކަތްތައް އެ މިނިސްޓްރީގެ ފޮރިން ރެކްރޫޓްމަންޓް ސެކްޝަނުން ކުރިއަށް ގެންދާގޮތަށް ނިންމާފައިވާތީވެ އެޕްލިކޭޝަންތަށް އެދުވަހުން ފެށިގެން ބަލައިގަންނަމުންދާނީ، އެކެނޑިޑޭޓެއްގެ ޕާސަނަލް އީމެއިލުން ކަމަށާއި އެނޫން ގޮތަކަށް ފޮނުވާ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ކަމުގައި ވަނީ އާންމުކޮން އަންގާ އިއުލާންކޮށްފައި ކަމަށް ވެސް އެ ޔޫނިއަން ބުނެފައި ވެއެވެ.

ނަމަވެސް، މިމަހުގެ 17 ވަނަ ދުވަހު، އިންޑިއާގެ ނޫސްތަކުގައި އިންޑިއާގެ އެމްޕްލޯއިމަންޓް އެޖެންސީއެއްކަމުގައިވާ ނޮރަކާ ރޫޓްސް ކިޔާ ބަޔަކު މެދުވެރިކޮށް ހެލްތު މިނިސްޓްރީން 520 މަގާމަށް މީހުން ހޯދަން ވަނީ އިއުލާންކޮށްފައި ކަމަށް ވެސް ބުނެފައި ވެއެވެ.

އަދި އެއީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ވަޒީފާ ހަމަޖައްސައިދޭ އެޖެންސީތައް އެއްފަރާތްކޮށް، ހެލްތު މިނިސްޓްރީން ކުރަމުން ގެންދާ މަސައްކަތަކީ، ގާނޫނު ނަންބަރު 6/2013 ހިލާފަށް، ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ވިޔާފަރިތައް ސީދާ ފުނޑުފުނޑު ކޮށްލުމެއް ކަމަށް ވެސް އެ ޔޫނިއަން ވަނީ ތުހުމަތުކޮށްފަ އެވެ.

ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެޖެންސީތައް ބާކީ ކޮށް، ސީދާ އިންޑިއާގެ އެޖެންސީތައް މެދުވެރިކޮށް، މިނިސްޓްރީ އޮފް ހެލްތުން ބޭނުންވާ ފަންނީ މުވައްޒިފުން ހޯދަން ކުރާ މަސައްކަތް، އެސޯސިއޭޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އަދި އެކަން ހުއްޓުވައިދެއްވުމަށް، ސަރުކާރުގެ ކަމާއި ބެހޭ ހުރިހާ މުއައްސަސާތަކަށް ގޮވާލާ ކަމަށް ވެސް ބުނެފައި ވެއެވެ.  

13%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
88%
ވަރަށް ސަލާމް
ކޮމެންޓްސް