ads
ފޮޓޯ--ސްޓެލްކޯ
ސްޓެލްކޯއިން މާލޭ ހުކުރު މިސްކިތުގެ މުންނާރު އުވަ ލައި ސާފުކޮށްފި
ސްޓެލްކޯއިން މާލޭ ހުކުރު މިސްކިތުގެ މުންނާރު އުވަ ލާ، ސާފު ކޮށްފި އެވެ.

މާލޭ ހުކުރު މިސްކިތާއި މެދުޒިޔާރަތް ސާފުކޮށް، ޒީނަތްތެރިކުރުމަކީ ސަގާފީ ތަރިކަރައްކާތެރިކުރާ ގައުމީ މަރުކަޒު ކުރިއަށްގެންދާ މަސައްކަތުގެ ދަށުން ސްޓެލްކޯގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ މަސައްކަތެކެވެ

ސްޓެލްކޯގެ އެ މަސައްކަތަކީ އެ ކުންފުނީގެ ސީއެސްއާރު ޕްރޮގްރާމްގެ ދަށުން ކޮންމެ އަހަރަކު ކުރާ މަސައްކަތެއް ކަމަަށާއި އެ މަސައްކަތް ސްޓެލްކޯއިން ފަށާފައި ވަނީ މި މަހުގެ ހަ ވަނަ ދުވަހުގަ އެވެ.

ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫން އެ މަސައްކަތާ ގުޅޭގޮތުން ވިދާޅުވެފައި ވަނީ އެފަދަ ތަންތަނަކީ ރާއްޖޭގެ އިސްލާމީ ތާރީހާއި ތަރިކައިގެ ފަންނު ފެންނަ މުހިންމު ބިނާތަކެއްކަމަށެވެ. 


"އެފަދަ ބިނާތައް ރައްކާތެރިކޮށް ބެލެހެއްޓުމުގައި އަމިއްލަ ކުންފުނިތަކާއި ޖަމްއިއްޔާތަކުގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވޭ. އަދި ސްޓެލްކޯއިން އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން މިފަދަ މަސައްކަތެއް ފަށާފައިވާތީ، އެކަމަށް ޝުކުރިއްޔާ" މިނިސްޓަރު ޔުމްނާ ވިދާޅުވި އެވެ.


އެފަދަ މަސައްކަތެއްގައި އެ ކުންފުނިން ބައިވެރިވެފައިވަނީ، އާސާރީ ބިނާތައް ހިމާޔަތްކޮށް ބެލެހެއްޓުމުގައި ކުންފުނީގެ އެހީތެރިކަން ފޯރުކޮށްދިނުމަށްކަމަށް ސްޓެލްކޯއިން ބުނެ އެވެ.

އަދި އެކުންފުނިން މީގެ ކުރިންވެސް ވަނީ ހުކުރު މިސްކިތުގެ މުންނާރު ސާފުކުރުމުގެ މަސައްކަތްތައް ކުރިއަށްގެންގޮސްފައި ކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

ހުކުރު މިސްކިތު މުންނާރާއި މެދު ޒިޔާރަތް ސާފުކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދަނީ ކަމާ ގުޅޭ ފަންނީ މީހުންގެ އެހީތެރިކަމާއެކު ކަމަށް ސަގާފީ ތަރިކަރައްކާތެރިކުރާ ގައުމީ މަރުކަޒުން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް