ads
މިރުސް--
މީ ދިވެހި މިރުސް އެންމެ އަގު ހެޔޮ ރޯދަ މަހަށް ވެދާނެ!
ރޯދަމަހާ ދިމާކޮށް އާންމުކޮށް ދިވެހިން ކެއްކުމުގައި ބޭނުންކުރާ ކާބޯތަކެތީގެ އަގު ބޮޑުވެއެވެ. އެގޮތުން އެންމެ އަގު ބޮޑުވާ ތަކެތީގެ ތެރޭގައި މިރުސް ހިމެނެއެވެ.

މިގޮތުން ފާއިތުވީ ތިން ހަތަރު ރޯދަ މަހުގައި ވެސް ދުވެހި މިރުސް ކިލޯއެއްގެ އަގު އުޅުނީ 1000 ރުފިޔާއާއި 800 ރުފިޔާއާއި ދެމެދުގައެވެ. ބައެއް ފަހަރު ދިވެހިންތެ ތެރޭގައި މަޝްހޫރު ކަނޑޫދޫ މިރުސް ފަދަ މިރުހުގެ އަގު 1500 ރުފިޔާއަށް ވުރެ ކިލޯއެއްގެ އަގު ވެސް މައްޗަށް ދިޔައެވެ. 

ނަމަވެސް މި ރޯދަމަހުގައި ދިވެހި މިރުހުގެ އަގުތައް އުޅެނީ ފާއިތުވީ އަހަރުތަކާއި އަޅާބަލާއިރު ބޮޑުތަނުން ދަށުގައެވެ. އެގޮތުން ދިވެހި މިރުސް ކިލޯއެއް ބާޒާރުގައި 200 ރުފިޔާ އާއި 350 ރުފިޔާ އާއި ދެމެދުގެ އަގަކަށް ގަންނަން ލިބެން އެބަހުއްޓެވެ. 

ރޯދަ މަސް ފެށުމުގެ ހަފްތާއެއްހާ ދުވަހުގެ ކުރިން މިރުހުގެ އަގު 400 ރުފިޔާއިން މައްޗަށް ދިޔަ ނަމަވެސް، ރޯދަމަހަށް ހައްދުންމަތިންނާއި ކޮޅުމަޑުލުން ގިނަ އަދަދަކަށް މިރުސް ގެނެސް މާރުކޭޓަށް "އޮއްސާލުމުން" މިރުހުގެ އަގު ވަނީ 50 ޕަސަންޓާއި ގާތަށް ވެއްޓިފައެވެ. 

މިގޮތުން ތ އަތޮޅުގައި އެންމެ މަޝްހޫރުކޮށް މިރުސް ހައްދާ ކަނޑޫދޫގައި ވެސް މިއަހަރު މިރުސް ތިއާގިއެވެ. ރޯދަމަސް ނިމުމާއި ހަމައަށް ވެސް މާކެޓަށް ބޭނުންވާ މިންވަރަށް މިރުސް ފޯރުކޮށްދެވިދާނެކަމުގެ ޔަގީންކަން ގިނަ ދަނޑުވެރިންގެ އެބައޮތެވެ. 

މިރުހުގެ ވިޔަފާރި ކުރަން ބާޒާރުގެ ގޮޅިތަކުގައި ތިބި ސޭޓުން ވެސް ބުނަމުން ގެންދަނީ ރޯދަމަހުގެ ކުރިން މިރުސް ގަތުމުގައި ދަތިތައް ހުރިނަމަވެސް މިހާރު މިރުސް ގަންނަން ފަސޭހަ ކަމަށެވެ. 

"ރޯދައިގެ ކުރިން ދަތި ނަމަވެސް މިހާރު މިރުސް ލިބޭ، އަގުހެޔޮވާނެ އަލަށް ގެންނަ ސްޓޮކްތައް" ލޯކަލް މާރުކޭޓުގެ ސޭޓެއް

ދިވެހި މިރުހުގެ އިތުރުން ތަރުކާރީ މިރުހުގެ އަގުތައް ވެސް މި އަހަރު އެހެން އަހަރުތަކާ އަޅާބަލާއިރު ހެވެވެ. އެގޮތުން ކުރިން 250 ރުފިޔާއި 350 ރުފިޔާއާއި ދެމެދު ކުރިން ރޯދަ މަސްތަކުގައި ވިއްކި ތަރުކާރީ މިރުހުގެ އަގު މިހާރު ވަނީ 150 ރުފިޔާއި 90 ރުފިޔާއި ދެމެދުގަ އަގަކަށް އަގު ވެއްޓިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް