ads
ސުޕަރ ލީގުގައި ކުޅޭ ޓީމުތައް ޗެމްޕިއަންސް ލީގުން ބޭރުކޮށްފާނެ
ޗެމްޕިއަންސް ލީގުން ސިޓީ، ރިއާލް އަދި ޗެލްސީ ބޭރުކޮށްފާނެ ކަމުގެ އިންޒާރު
ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ޖާގަ ހޯދާފައިވާ ޗެލްސީ، މެންޗެސްޓާ ސިޓީ އަދި ރިއާލް މެޑްރިޑު، މުބާރާތުން ވަކިކުރާނެ ކަމުގެ އިންޒާރު ޔުއެފާއިން ދީފިއެވެ. މި ތިން ޓީމުގެ އިތުރުން މި އަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީގައި ކުޅޭނީ ޕީއެސްޖީއެވެ.

ޔޫރަޕްގެ ބޮޑެތި ބައެއް ކުލަބުތައް އިސްވެ އޮވެ އިއުލާން ކުރި ސުޕާ ލީގާ ގުޅިގެން ޔޫރަޕުގެ ފުޓްބޯޅައިގެ މައި އިދާރާ ޔުއެފާ އަދި ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން އެކަން ކުށްވެރިކޮށް، ސުޕާ ލީގުގައި ހިމެނޭ ކުލަބުތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެކަން އިއުލާންކޮށްފައިވާއިރު، މި އަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުންވެސް އެ ކްލަބުތައް ބޭރުކުރާނެ ކަމުގެ އިންޒާރުވަނީ ދީފައެވެ.

މި އަހަރުގެ ޗެމްޕިއަންސް ލީގު، މިހާރު ސެމީ ފައިނަލާ ހަމައަށް ޓީމުތައް ކޮލިފައިވެފައިވާއިރު، ސެމީގައި ކުޅޭ ހަތަރު ޓީމުގެ ތެރެއިން ތިން ޓީމަކީ ސުޕާ ލީގުގެ ބައިވެރިންނެވެ. އެއީ ރިއާލް މެޑްރިޑް، ސިޓީ އަދި ޗެލްސީއެވެ. ޔުއެފާގެ ރައީސް އަލެކްސަންޑަ ކެފެރިން ވިދާޅުވީ ޗެމްޕިއަންސް ލީގުން ސުޕާ ލީގުގެ ޓީމުތައް ބޭރުކުރުމާ ގުޅޭ ގޮތުން ހުކުރު ދުވަހު ގޮތެއް ނިންމާނެ ކަމަށެވެ.

ހުކުރު ދުވަހު އޮންނަ ޔުއެފާގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައި ޗެމްޕިއަންސް ލީގުން އެ ޓީމުތައް ބާކީ ކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް މީޑީއާ ރިޕޯޓްތައް ބުނެއެވެ. އަދި ސުޕާ ލީގުގައި ކުޅޭ އެއްވެސް ކުޅުންތެރިއަކަށް ވޯލްޑްކަޕް އަދި ޔޫރޯގައި ނުކުޅެވޭ ގޮތަށް ސަސްޕެންޑް ކުރުމުގެ ވިސްނުން ފީފާއަދި ޔުއެފާގައި ހުރި ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް