ads
ޝާހިދު ކަޕޫރާއި އޭނާގެ ދަރިފުޅު
ތުނބުޅި ބޭލުމުން މީޝާއަށް ބައްޕަ ފާހަގަކުރާކަށް ނޭނގުނު
ބޮލީވުޑުގެ މަޝްހޫރު ބަތަލު ޝާހިދު ކަޕޫރު، އޭނާ އެންމެ ފަހުން ފެނިގެންދިޔަ ފިލްމު، ކަބީރު ސިންގްގައި މަސައްކަތް ކުރަން ދިގުކުރި ތުނބުޅި ބޭލުމުން އޭނާގެ ދަރިފުޅު، މީޝާއަށް އޭނާ ފާހަގަކުރަން ނޭނގުން ކަމަށް ޝާހިދު ބުނެފި އެވެ.
ބޮލީވުޑުގެ މަޝްހޫރު ބަތަލު ޝާހިދު ކަޕޫރު، އޭނާ އެންމެ ފަހުން ފެނިގެންދިޔަ ފިލްމު، ކަބީރު ސިންގްގައި މަސައްކަތް ކުރަން ދިގުކުރި ތުނބުޅި ބޭލުމުން އޭނާގެ ދަރިފުޅު، މީޝާއަށް އޭނާ ފާހަގަކުރަން ނޭނގުނު ކަމަށް ޝާހިދު ބުނެފި އެވެ.

ބަތަލާ ނެހާ ދޫޕިއާގެ ޓޯކް ޝޯގައި ބައިވެރިވެ ޝާހިދު ބުނީ އޭރު ދަރިފުޅުގެ އުމުރުން އެއް އަހަރާ ބައި ކަމަށާއި އެގޮތުން ގެއަށް އައި އިރު އަންހެނުން ވެސް ގޭގައި ނެތް ކަމަށާއި ދަރިފުޅު ގޮވައިގެން އުޅުނީ ގޭތެރެ ބަލަހައްޓާ މީހާ ކަމަށެވެ.

ޝާހިދު ބުނީ ގެއަށް ދިޔަ ގޮތަށް މީޝާ އުރާލުމާއެކު އޭނާގެ މޫނަށް ބަލާލުމަށް ފަހު ފެށީ ރޯން ކަމަށާއި އަދި ގޭތެރެ ބަލަހައްޓާ މީހާ ކައިރިއަށް ދަރިފުޅު ދިޔަ ކަމަށެވެ. އަދި ބުނީ މީޝާއަށް ވާހަކަ ދައްކަން ފެށުމުން އޭނާގެ އަނގަޔަށް ބަލަހައްޓައިގެން އިން ކަމަށެވެ. ޝާހިދު ބުނީ ދަރިފުޅަށް އަޑު ދެނެގަނެވުނު ނަމަވެސް އޭނާގެ މޫނުގެ ކުލަވަރު ހުރީ ޝާހިދަކީ އޭހާ ދަންނަ މީހަކާ ވައްތަރު ނޫން ކަހަލަ ގޮތަކަށް ކަމަށެވެ.

ކަބީރު ސިންގްގައި ޝާހިދުގެ ތުނބުޅި ދިގުކޮށްފައި ހުރިއިރު ގިނަ ބަޔަކަށް އެފިލްމުގައި އޭނާގެ މަސައްކަތް ކަމުދިޔަ އެވެ. އެ ފިލްމަކީ މިފަހުގެ ތާރީހެއްގައި ޝާހިދުއަށް އެންމެ ބޮޑު ކާމިޔާބެއް ވެސް ލިބުނު ފިލްމެވެ.
View this post on Instagram

Moments we live for.

A post shared by Shahid Kapoor (@shahidkapoor) on


އުމުރުން 38 އަހަރުގެ ޝާހިދު، 2015 ވަނަ އަހަރު ކައިވެނިކޮށްފައިވާއިރު އޭނާއަށް ދެ ދަރިން ލިބިފައިވެއެވެ. އެއީ މީޝާ އާއި ޒައިން އެވެ. ފިލްމީ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ޝާހިދުގެ ކުރިއަށް އޮތް ފިލްމަކީ ތެލުގޫ ފިލްމު، "ޖޯޒީ" ގެ ހިންދީ ރިމޭކެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް