ads
ކޮވިޑް 19 ޖެހުނު މީހަކު ވަޅުލަނީ!
ކޮވިޑް-19: ހާލަތު ވަނީ އިތުރަށް ގޯސް!
މިއަދުވެސް 100 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ ކޮވިޑް-19 ގެ ހާލަތު ރާއްޖޭގައި އަނެއްކާ ގޯސްވާން ފަށައިފި އެވެ.

ރޯދަމަސް ފެށުނުއިރު އަދަދުތައް 50 އިން ތިރިވިކަން ފާހަގަކުރެވުނު ނަމަވެސް އަނެއްކާވެސް ޕޮޒިޓިވްވާ މީހުންގެ އަދަދު މިވަނީ ގިނަވެ ރާއްޖޭގެ ހާލަތު ގޯސްވާން ފަށާފައެވެ. 

އެޗްޕީއޭއިން އާއްމުކުރި އެންމެ ފަހުގެ ކޮވިޑް-19 ގެ މައުލޫމާތުތަކުން ދައްކާގޮތުގައި ފާއިތުވި 24 ގަޑިއިރު ނެގުނު 2،874 ސާމްޕަލްގެ ތެރެއިން ވަނީ އިތުރު 162 މީހަކު ކޮޥިޑަށް ޕޮޒިޓިވް ވެފައެވެ. 

ފާއިތުވި 24 ގަޑިއިރުތެރޭ މާލޭ ސަރަހައްދުން ޕޮޒިޓިވްވެފައި ވަނީ 68 މީހުންނެވެ. މިއަދަދު މިފަހުން 30 އިން ތިރިވިކަން ފާހަގަކުރެވުނެވެ. 

އަދި ފާއިތުވި 24 ގަޑިއިރުތެރޭ އަތޮޅުތެރޭގެ ރަށްތަކުން ޕޮޒިޓިވް ވެފައިވަނީ 76 މީހުނެވެ. މިއަދަދުވެސް ކުރިން ހުރީ 30އިން ތިރީގައެވެ. މިއަދު ރިސޯޓުތަކުން ޕޮޒިޓިވް ވެފައިވަނީ 14 މީހެކެވެ. އަދި ފެލިވަރުން ވަނީ ހަތަރު ޕޮޒިޓިވް ކޭސް ފެނިފައެވެ. 

މިއާއިއެކު މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 26،667 އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދު 2،784 ގައި އުޅޭއިރު 74 މީހަކަށް އަންނަނީ ހޮސްޕިޓަލް ތަކުގައި ފަރުވާދެމުންނެވެ. 

މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 23،803 ގައި އުޅޭއިރު، މިހާތަނަށް ބަލީގައި މަރުވެފައިވާ މީހުންގެ އަދަދު ވަނީ 71 އަށް އަރާފައެވެ. މިފަހަކުން ބަލީގައި ކައިރި ކައިރީ މަރުވާ މީހުންގެ ނިސްބަތްވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މިއަދުވެސް އިތުރު މީހަކު ވަނީ މަރުވެފައެވެ.

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް