ads
އާލިއާ އާއި ސޯނީ
އާލިއާގެ ކައިވެނީގެ ކާޑަކީ ފޭކް ކާޑެއްކަން އޭނާގެ މަންމަ ކަށަވަރުކޮށްދީފި
ސޯޝަލް މީޑިއާގައި އާންމުވި ބޮލީވުޑުގެ މަޝްހޫރު ތަރި ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ކައިވެނީގެ ދައުވަތު ކާޑަކީ ފޭކު ކާޑެއް ކަން އާލިއާޣެ މަންމަ ސޯނީ ރަޒްދަން ބުނެފިއެވެ.
ސޯޝަލް މީޑިއާގައި އާންމުވި ބޮލީވުޑުގެ މަޝްހޫރު ތަރި ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ކައިވެނީގެ ދައުވަތު ކާޑަކީ ފޭކު ކާޑެއް ކަން އާލިއާގެ މަންމަ ސޯނީ ރަޒްދަން ބުނެފި އެވެ.

އާލިއާ އާއި ރަންބީރުގެ ކައިވެނީގެ ކާޑު ކަމަށް ބުނާ ކާޑެއް ދާދިފަހުން ސޯޝަލް މީޑިއާގައި އާންމުވިއިރު އެކަމާ ގުޅިގެން އާލިއާގެ މަންމަ ސޯނީ މިވަނީ އެންމެ ފަހުން ވާހަކަ ދައްކާފަ އެވެ. އެގޮތުން ސޯނީ ބުނީ އެފަދަ ހަގީގަތެއް ނެތް ވާހަކަތައް ފަތުރާ މީހުން ދައްކާ ވާހަކައަށް އަޅާލާނެ ކަމެއް ނެތް ކަމަށެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ބުނާގޮތުގައި އާލިއާގެ ބައްޕަ މަހޭޝް ބަޓަށް ވެސް އާލިއާގެ ކައިވެންޏާ ގުޅިގެން ފޯނު ކޯލުތައް ވެސް ދަނީ އަންނަމުންނެވެ.

މިކަމާ ގުޅިގެން އާލިއާގެ ބޮޑުބޭބެ ބުނީ އާލިއާ މިވަގުތު އުޅެނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ސަދަކް 2"ގެ ޝޫޓިންގައި ވަރަށް ބުރަކޮށް ކަމަށެވެ. އަދި އެކާޑާ ގުޅިގެން އޭނާއަށް ވެސް ފޯނުކޯލުތައް އައި ކަމަށްވެސް އާލިއާގެ ބޮޑުބޭބެ ބުންޏެވެ.

މީގެއިތުރުން އާންމުވި ކާޑުގައި މައުލޫމާތުގެ ކުށް ހުރި ކަމަށްވެސް އާލިއާގެ ބޮޑުބޭބެ ވަނީ ބުނެފަ އެވެ. އާންމުވި ކާޑުގައި ބުނާ ގޮތުގައި ރަންބީރާއި އާލިއާ ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު ހަވީރު 5:00 ޖަހާއިރު އެވެ. މިކަމާ ގުޅޭގޮތުން އާލިއާ އަށް ސުވާލު ކުރުމުން އޭނާ ޖަހާލީ ހިނިގަނޑެކެވެ.


ރަންބީރާއި އާލިއާގެ ކައިވެންޏަކީ މިހާރު ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ކައިވެންޏެކެވެ. އާލިއާ އާއި ރަންބީރުގެ ކައިވެންޏާ ގުޅޭގޮތުން ރަންބީރާ ސުވާލު ކުރުމުން އޭނާ ވަނީ ވަރަށް އަވަހަށް ކައިވެނި ކުރާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް އެކަން ކުރާނެ ދުވަހެއް ބުނެފައެއް ނުވެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް