ads
އާސެނަލްގެ ދިދަ ހިފައިގެން އެ ކުލަބުގެ މެސްކޮޓް
އަހަރުމެނަށް ހެދުނީ މިސްޓޭކެއް. ސޮރީ: އާސެނަލް
ޔޫރަޕިއަން ސުޕާ ލީގުގައި ބައިވެރިވާން ނިންމި ނިންމުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް ކަމަށް ބުނެ، ކުލަބުގެ ސަޕޯޓަރުންގެ ކިބައިން އާސެނަލްއިން މާފަށް އެދެފިއެވެ. އާސެނަލްއިންވަނީ މާފަށް އެދި، ސުޕާ ލީގުން ވަކިވެފައެވެ.

އާދިއްތަ ދުވަހު އިއުލާނު ކުރި ސުޕަރ ލީގުގައި އާސެނަލްއާ އެކު ހިމެނުނު އިނގިރޭސި އަނެއް ފަސް ޓީމަކީ، މެންޗެސްޓާ ޔުނައިޓެޑް، މެންޗެސްޓާ ސިޓީ، ލިވަޕޫލް، ޗެލްސީ އަދި ޓޮޓެންހަމްއެވެ. ސުޕާ ލީގު އިއުލާން ކުރުމާ އެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފުޓްބޯޅައިގެ ސަޕޯޓަރުންގެ ޕްރެޝަރާ، ޔުއެފާ އަދި ފީފާގެ އިންޒާރުތަކާ ހެދި ކުލަބުތަކުން ހަތިޔާރު ބަހައްޓަން މަޖުބޫރުވެ އާސެނަލްވެސް ހިމެނޭ ގޮތަށް އިނގިރޭސި ހަ ޓީމުންވަނީ އެ މުބާރާތުން ވަކިވެފައެވެ.

އިނގިރޭސި ކްލަބުތަކުގެ ތެރެއިން އެންމެ ފުރަތަމަ މުބާރާތުން ވަކިވީ މެންޗެސްޓާ ސިޓީއެވެ. އޭގެ ފަހުން ޗެލްސީންވެސް މުބާރާތުން ވަކިވާން އިއުލާން ކުރުމާއި އެކު ބާކީ ތިބި އިނގިރޭސި ހަތަރު ޓީމުންވެސް މުބާރާތުން ވަކިވާން ނިންމީ ކަމަށް ބީބީސީން ރިޕޯޓް ކުރެއެވެ. އިނގިރޭސި ކުލަބުތަކުން ސުޕަރ ލީގުން ވަކިވާން ނިންމި އިރު، ސުޕާ ލީގުގައި ކުޅޭ ކުޅުންތެރިންނަށް ޔޫރޯ އަދި ވޯލްޑްކަޕުގައިވެސް ނުކުޅެވޭނެ ކަމުގެ އިންޒާރު ފީފާއާއި ޔުއެފާއިންވަނީ ދީފައެވެ. އަދި އަންނަ ހުކުރު ދުވަހު، އެ ކްލަބުތައް ޗެމްޕިއަންސް ލީގު އަދި ޔޫރޮޕާ ލީގުން ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރުވެސްވަނީ ދީފައެވެ.

ވެރިނުވާން ކްލަބްތަކުން ނިންމި ނިންމުމަށް ކުޅުންތެރިން ވަނީ މަރުހަބާ ކިޔައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް