ads
ރޯދަވެރިޔާއަށް ހުރި ހާއްސަ 5 ކަމެއް
النبي ޞައްލަﷲ ޢަލއިހިވަސައްލަމް ހަދީޘްކުރެއްވިއެވެ. “ކުރީގެ އުންމަތްތަކަށް ލިބިގެންނުވާ ފަސްކަމެއް ތިމަންކަލޭގެފާނުންގެ އުންމަތަށް ދެއްވިގެން ވެއެވެ.”

                                                             

1- (( خُلُوْفُ فَمِ الصَّائِمِ أَطْيَبُ عِنَدَ اللَّهِ مِنْ رِيَحِ الْمِسْكِ )) “ރޯދަވެރިޔާގެ އަނގައިގެ ވަސް، ﷲގެ ހަޟުރަތުގައި މިސްކުގެ ވަހަށްވުރެވެސް މާ މީރުވެގެން ވެއެވެ.”

2- (( وتَسْتَغْفِرُ لَهُمْ المَلاَئِكَةُ حَتَّى يُفْطِرُوا )) “ރޯދަވެރިން ރޯދަވީއްލުމަށް ދާންދެން އެމީހުންގެ ފާފަފުއްސެވުން އެދި މަލާއިކަތުން ދުޢާކުރައްވައެވެ.”

3- (( وَيُزَيِّنُ اللَّهُ عَزَّ وَجَلَّ كُلَّ يَوْمٍ جَنَّتَهُ، ثُمَّ يَقُوْلُ يُوْشِكُ عِبَادِي الصَّالِحُوْنَ أَنْ يُلْقُوا عَنْهُمُ الْمَئُوْنَةَ وَالأذَى وَيَصِيْرُوا إِلَيْكِ )) “ކޮންމެ ދުވަހަކު الله عزّ وجلّ އެކަލާނގެ ސުވަރުގެ ޒީނަތްތެރި ކުރައްވައެވެ. ދެން ވަހީކުރައްވައެވެ. ތިމަން އިލާހުގެ ޞާލިހު އަޅުންގެ ކިބައިން އުނދަގުލާއި ޒިންމާތައް ދުރުކުރެވި، ކަލޭގެ ގާތަށް އައުން ގާތްވެއްޖެއެވެ.”

4- (( وَيُصَفَّدُ فِيْهِ مَرَدَةٌ الشَّيَاطِيْنِ فَلاَ يَخْلُصُوا إِلَى مَا كَانُوا يَخْلُصُوْنَ إِلَيْهِ فِي غَيْرِهِ )) “ޝައިޠާނުންނާއި ނުބައި ޖިންނީން ކަސްތަޅު އެޅުވެއެވެ. ފަހެ އެހެން މައްސަރުގައި އެތަކެތި އައިސް އުޅޭގޮތަށް އައިސް ނޫޅެވޭހުއްޓެވެ.”

5- (( وَيُغْفَرُ لَهُمْ فِي آخِرِ لَيْلَةٍ )) “އެއްމެ ފަހު ރޭގައި އެބައިމީހުންގެ ފާފަ ފުއްސެވެއެވެ.” ދެންނެވުނެވެ. ﷲގެ ރަސޫލާއެވެ. އެއީ ލައިލަތުލް ޤަދްރި ވިލޭރެ ހެއްޔެވެ؟ ހަދީޘްކުރެއްވިއެވެ. (( لا، وَلكِنَّ الْعَامِلَ إِنَّمَا يُوَفَّى أَجْرُهُ إِذاَ قَضَى عَمَلَهُ)) “ނޫނެކެވެ. އަދިކިޔެއް ކޮންމެ ޢާމިލަކަށް އޭނާގެ ޢަމަލު ނިމުމުން އޭގެ އުޖޫރަ ފުރިހަމަ ގޮތުގައި ދެވޭނެއެވެ.” [أحمد]

                

ނޯޓު: މިއީ ޑރ. އާދަމް ޝަމީމް ބިން އިބްރާހީމް ދީނުގެ މަގަށް ލިޔުއްވާފައިވާ ލިޔުމެކެވެ. މި ލިޔުމަށް އުނިއިތުރެއް ގެނެވިފައެއް ނުވާނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް