ads
ފޮޓޯ--
އަލްމަރްޙޫމް އިބްރާހީމް ރަޝީދުގެ ހަނދާނުގައި ތައުޒިޔާގެ ދަފުތަރެއް ހުޅުވަނީ
ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަލްމަރްހޫމް އިބްރާހީމް ރަޝީދުގެ ހަނދާނުގައި ތައުޒިޔާގެ ދަފުތަރެއް ހުޅުވާނޭ ކަމަށް ހެލްތް މިނިސްޓްރީން ބުނެފި އެވެ.

ހެލްތް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދިވެހި ދައުލަތަށް ވަރަށް ދިގު މުއްދަތެއްގައި އިހްލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވައިފައިވާ އަދި 11 ނޮވެންބަރު 1968 އިން 6 ޖަނަވަރީ 1977 އަށް ހެލްތު މިނިސްޓަރުގެ މަގާމު ފުރުއްވި ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ ހެންވޭރު ޑޮނޭރިއާ އަލްމަރްހޫމް އިބްރާހީމް ރަޝީދު، 31 ޖަނަވަރީ 2021 ގައި ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، އެ މިނިސްޓްރީގައި ތައުޒިޔާގެ ދަފުތަރެއް ހުޅުވުމަށް ސަރުކާރުން ވަނީ ނިންމަވާފައި ކަމަށެވެ. 

އަދި ތައުޒިޔާގެ ދަފުތަރު ހުޅުވުން ފަސްކޮށްލަންޖެހުނީ، ކޮވިޑް-19ގެ ހާލަތު އޭރު އޮތް ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ގިނަ ފިޔަވަޅުތަކެއް އަޅުއްވައިފައިވާތީ ކަމަށް ވެސް އެ މިނިސްޓަރީއިން ބުނެފައި ވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ގިނަ ލުއިތަކެއް މިހާރު ދެއްވައިފައިވުމާއެކު، އަލްމަރްޙޫމް އިބްރާހީމް ރަޝީދުގެ ތައުޒިޔާގެ ދަފްތަރު، މިމަހުގެ 25 ވާ އާދިއްތަ ދުވަހު ހުޅުވައިލާ ގޮތަށް ވަނީ ހަމަޖައްސާފައި ކަމަށް ވެސް އެމިނިސްޓްރީއިން ބުނެފައި ވެއެވެ.

އަދި ތައުޒިޔާގެ ދަފްތަރުގައި ސޮއި ކުރެއްވުން އޮންނާނީ، މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން 29 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ކޮންމެ ރެޔަކު 9:00 އިން 11:00 އަށް ހެލްތު މިނިސްޓަރީގައި ކަމަށާއި އެތާގައި އިންތިޒާމް ހަމަޖެހިފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން އަމަލުކުރުމަށް ހަމަޖައްސަވައިފައިވާ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތީން ކަމަށް ވެސް ބުނެފައި ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް