ads
ޝިފްލާ އިބްރާހީމް-
ބްރޯޑްކޮމްއަށް ޝިފްލާ އައްޔަން ކުރަށް ކޮމިޓީން ފާސްކޮށްފި
ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު ކަމަށް މަޝްހޫރު ޕްރެޒެންޓަރު ޝިފްލާ އިބްރާހީމް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން ފާސްކޮށްފިއެވެ.

ބްރޯޑްކޮމްއަށް ޝިފްލާ އައްޔަން ކުރަން ކޮމިޓީ މަރުހަލާގައި ފާސްކޮށްފައިވަނީ، މިއަދު މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން ބޭއްވި ބައްދަލުވުމުގައެވެ.

އެގޮތުން ޝިފްލާގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 11 މެމްބަރުންގެ ވޯޓާއެކު އެވެ. 

ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު ކަމަށްމީގެ ކުރިން ދެފަހަރަކި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްު ޝިފްލާގެނަން ފޮނުއްވި އިރު، މިއީ ޝިފްލާގެ ނަން ފޮނވި ތިންވަނަ ފަހަރެވެ. އެގޮތުން މިފަހަރު ޝިފްލާގެ އިތުރުން ފާތިމަތު ސައުޝަން އަދި ޑރ. އިބްރާހީމް މުހައްމަދުގެ ނަން މަޖިލީހަށް ރައީސް ފޮނުއްވިއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ފާތިމަތު ސައުޝަން އަދި ޑރ. އިބްރާހީމް މުހައްމަދުގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ފާހެއްނުވެއެވެ. މި ދެ ބޭފުޅުންނަށްވެސް ކޮމެޓީގައި ތިބި 11 މެމްބަރުންގެ ތެރެއިން ވޯޓު ދެއްވީ ހަ މެންބަރުންނެވެ. 

ބްރޯޑްކޮމްއަށް އާ މެމްބަރަކު ކޮވަނީ އެ ކޮމިޝަނުގެ މެމްބަރު އައިމިނަތު ސަހާރަތު އިއްޒަތުގެ މަގާމުގެ މުއްދަތު މިމަހު ހަތަރެއްގައި ހަމަވުމާއި ގުޅިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް