ads
ހުސައިން ނިޔާޒް ---
ނިޔާޒް އެމްއެންޔޫގެ ކައުންސިލަށް އައްޔަންކޮށްފި
ރާއްޖޭގެ ގައުމީ ޔުނިވާސިޓީ، އެމްއެންޔޫގެ ކައުންސިލް މެންބަރު ކަމަށް އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަ ހުސެއިން ނިޔާޒް އައްޔަން ކޮށްފި އެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި، މިއަދު މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވަނީ މިފަހުން އެމްއެންޔޫގެ ކައުންސިލް މެމްބަރު ކަމަށް އައްޔަން ކުރެއްވި ނިޔާޒާ ބައްދަލު ކުރައްވާފައެވެ.

ނިޔާޒަކީ ރާއްޖޭގައި ވަތަނިއްޔާއިން މަސައްކަތް ކުރަން ފެށި އަހަރު އެ ކުންފުންޏާ ގުޅި، އެ ކުންފުނީގައި މަސައްކަތް ކުރަމުން އަންނަ ބޭފުޅެކެވެ. ވަތަނިއްޔާ އުރީދޫއަށް ރީ-ބްރޭންޑް ކުރި އިރު ވެސް އަދި މިހާރު ވެސް އެކުންފުނީގައި މަސައްކަތް ކުރައްވާ ދިވެހިންގެ ތެރޭގައި އެންމެ އިސް މަގާމެއްގައި މިވަގުތު ވެސް ހުންނެވީ ބޭފުޅަކީ ނިޔާޒު އެވެ.

ނިޔާޒު ވަނީ އުރީދޫ ހެޑް އޮފް ނެޓްވޯކް، ހެޑް އޮފް ސޭލްސް އެންޑް ޑިސްޓްރިބިއުޝަން، ޑިރެކްޓާ އޮފް ސޭލްސް ޑިސްޓްރިބިއުޝަން، ފަދަ މަގާމުތައް ފުރާފައެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް