ads
މާޒިޔާ- ގްރީން މެޗުގެ ތެރެއިން
ފޯރިގަދަވި މެޗު މާޒިޔާއަށް
ދިވެހި ޕްރިމިއަރ ލީގުގައި ގްރީން ސްޓްރީޓްސްއާ މާޒިޔާ ކުޅުނު ފޯރިގަދަވި މެޗުން މާޒިޔާ މޮޅުވެއްޖެއެވެ. މާޒިޔާ މި މެޗުން މޮޅުވީ އެއް ލަނޑު ސުން ލަނޑުންނެވެ.

މާޒިޔާއާ ގްރީން ކުޅުނު މެޗުން އެއް ލަނޑު ސުން ލަނޑުން މާޒިޔާ މޮޅުވިއިރު، މި ދެ ޓީމު ފުރަތަމަ ބުރުގައި ކުޅުނު މެޗު ހަތް ލަނޑު އެއް ލަނޑުގެ ބޮޑު ތަފާތަކުން ކާމިޔާބުކޮށްފައިވަނީ މާޒިޔާއެވެ. އެހެންނަމަވެސް ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުން މާޒިޔާ ސަލާމަތްވީ ކިރިޔާއެވެ. 

ގްރީންއާ ދެކޮޅަށް ކުޅުނު މެޗުގައި މާޒިޔާއިން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ ޖަޕާނު ކުޅުންތެރިޔާ ޓަކާޝީ އޮޑަވާރާއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވުނީ އޭނާއެވެ. އޭނާ އެ ލަނޑު ޖެހީ ދެވަނަ ހާފުގައި ލިބުނު ކޯނަރެއްގައި ބޮލުންނެވެ. 

ގްރީން މެޗަށް ނުކުތް އިރުވެސް ޓޭބަލްގެ އެއްވަނައިގަ އޮތް މާޒިޔާއިންވަނީ ގްރީން އަތުން ހޯދި ތިން ޕޮއިންޓާ އެކު ޖުމުލަ އެއްތިރީސް ޕޮއިންޓް ހޯދާފައެވެ. އެއީ ތޭރަ މެޗުންނެވެ. ތޭރަ މެޗުން އެއް ތިރީސް ޕޮއިންޓާ އެކު އެއްވަނައިގަ މާޒިޔާ އޮތް އިރު އެއީ ދެވަނައިގަ އޮތް ވެލެންސިޔާއާ ދެމެދު ހަތް ޕޮއިންޓްގެ ފަރަގަކާ އެކުއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް