ads
ޗެންނާއީގެ ކެޕްޓަން އެމްއެސް ދޯނީ
ތިންވަނަ މޮޅާ އެކު ޗެންނާއީ އެއްވަނައަށް
އިންޑިއަން ޕްރިމިއަރ ލީގުގައި ބުދަ ދުވަހުގެ ރޭ ކޮލްކަލާ ނައިޓް ރައިޑާސް ބަލިކޮށް، ޗެންނާއީ ސުޕަރ ކިންގްސްއިން ޓޭބަލްގެ އެއްވަނައަށް އަރައިފިއެވެ. މިއީ ޗެންނާއީ ވިދިވިދިގެން މި ސީޒަންގައި މޮޅުވި ތިންވަނަ މެޗެވެ.

ނާކާމިޔާބު ސީޒަނަކަށް ފަހު، މި އަހަރުގެ ސީޒަނާ ކުރިމަތިލީ ޗެންނާއީ ސުޕަރ ކިންގްސްއިން ފުރަތަމަ މެޗުންވީ ބައްޔެވެ. އެހެންނަމަވެސް ފަހުން ކުޅުން ތިން މެޗުންވެސް މޮޅުވެ މި ވަގުތު އޮތީ ޓޭބަލްގެ ކުރީގައެވެ. އެހެންނަމަވެސް އެއީ ރޯޔަލް ޗެލެންޖަރސް ބެންގަލޯރއަށްވުރެ އިތުރަށް އެއް މެޗު ކުޅެގެންނެވެ.

ބުދަ ދުވަހުގެ ރޭ، ޝަހްރުކްޚާންގެ ކޮލްކަތާ ނައިޓް ރައިޑަރސްއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެންނާއީން ކުޅެން އަރައި، ވިހި އޯވަރުތެރޭ ތިން ވިކެޓަށް ދުވިސައްތަ ވިހި ލަނޑު ހެދިއެވެ. ޖަވާބުގައި ކުޅެން ނުކުތް ނައިޓް ރައީޑާރސްއަށް ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ ދުވިސައްތަ ދެ ލަނޑެވެ. އެހެންކަމުން އަށާރަ ލަނޑުން ޗެންނާއީ މޮޅުވީއެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް