ads
ޗޮކްލެޓް މޫސް
ސީއެންއެމް ބަދިގެ: ޗޮކްލެޓް މޫސް
ސީއެންއެމް ބަދިގޭގައި މިއަދު ބުއިމަކަށް މި ހުށަހަޅާލަނީ "ޗޮކްލެޓް މޫސް" އެވެ.

މިއަދު ސީއެންއެމް ބަދިގޭގައި މި ހުށަހަޅާލާ މޫސް އަކީ ގޭގައި ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭނެ ބުއިމެކެވެ.

ބޭނުންވާ ތަކެތި:

  •  250ގ ޗޮކުލެޓް
  • -1 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑަރު 
  •  ވިޕްޑް ކުރީމް
  • 300 ގްރާމް ޑާކް ޗޮކުލެޓް
  • 1/4 ޖޯޑު ހަކުރު
  • 3 ބިސް

ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ ކަމަކަށް ޑާކްޗޮކްލެޓް އަދި ޗޮކްލެޓް ކުދިކޮށް ކޮށާލާނީއެވެ. ދެން ކޮށާފަ ހުރި ޗޮކްލެޓު ތަވަޔަކަށްލާ ދިޔާކޮށްލާނީއެވެ. ދިޔާކުރި ޗޮކުލެޓު ފިނިވަންދެން ބަހައްޓާށެވެ. އެއަށްފަހު ދެން ބިހާ ހަކުރު ތައްޓަކަށް އެޅުމަށްފަހު ގިރާލާށެވެ. ރަނގަޅަށް ގިރާ ނިމުމުން ފިނިކޮށްފަ ބެހެއްޓި ދިޔާކޮށްފަހުރި ޗޮކްލެޓާއި ކޮކޯ ޕައުޑަރު އެއްކޮށް ގިރާލާށެވެ. 

ފަސް ވަރަކަށް މިނެޓުވަންދެން ރަނގަޅަށް ގިރައި ހުރިހާއެއްޗެއް އެއްވުމުން، ދެން އޭގެ ތެރެެއަށް ވިޕްޑް ކުރީމް އަޅައި ގިރާލާށެވެ. އެއަށްފަހު ފުރިޖަށް ލައި ފިނިކޮށްލުމުން މޫސް ތައްޔާރުވީއެެވެ.

 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް