ads
އާއްމުވެފައިވާ ވީޑިއޯ
ރޭޕްކުރަން އަންހެން ކުއްޖާ ގަަދަކަމުން ގޯޅިގަނޑަށް ވައްދާ ވީޑިއޯ އާއްމުވެއްޖެ
މާލޭގައި ރޭޕްކުރި އަންހެން ކުއްޖާ ގަަދަކަމުން ގޯޅިގަނޑަށް ވައްދާ ވީޑިއޯ އާއްމުވެއްޖެ އެވެ.

މިއަދު ސޯޝަލް މީޑިއާގައި އާންމުވި މިވީޑިއޯއިން ފެންނަގޮތުން ދެ ފިރިހެނަކު ގަދަކަމުން އަންހެންކުއްޖާ ދަމާފައި ގޯޅިގަނޑަށް ވެއްދުމަށް މަސައްކަތްކުރެއެވެ. އަދި އެކުއްޖާ ނުވަންނަން ގަދަދައްކާ މަގުމަތީ އިށީނުމުންވެސް އެ ދެފިރިހެނުން އޭނާ ނަގައިގަނެގެން ގޯޅިގަނޑަށް ވައްދާ މަންޒަރު އެ ވިޑިއޯއިން ފެނެެއެވެ.

މާލޭގައި އަންހެނަކު ރޭޕް ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައްގައި ދެ މީހަކު ހައްޔަރުކޮށްފައިވަނީ މިމަހުގެ 17ވަނަ ދުވަހުއެވެ. މިމައްސަލައާއި ގުޅިގެން ހައްޔަރު ކުރީ 18 އަހަރުގެ ދިވެހި ފިރިހެނަކާއި، 23 އަހަރުގެ ދިވެހި ފިރިހެނެކެވެ. 

އެ ދެމީހުން ހައްޔަރުކޮށްފައިވާއިރު، މިހާތަނަށް މި މައްސަލައާއި ގުޅިގެން އެއްވެސް ރަސްމީ އިދާރާއަކުން އިތުރު މައުލޫމާތެއް އާންމުކޮށްފައި ނުވި ނަމަވެސް، ދިވެހި ނޫހަކުން ވަނީ "މަންޒަރު ދުށް" މީހެއްގެ ވާހަކަ ގެނެސްދީފައެވެ. 

އެގޮތުން ރޭޕްގެ ޝިކާރައަކަށްވީ އަންހެންމީހާ ރޭޕް ކޮށްފައިވަނީ، އޭނާ ހިނގާފައި ދަނިކޮށް، ދެމީހުންވެގެން އޭނާ ގަދަކަމުން އުފުލައިގެން ކައިރި ގެއަކަށް ވެއްދުމަށް ފަހު ކަމަށް އެ މީހާއާއި ހަވާލާދީ އެ ނޫހުގައި ބުނެފައިވެއެވެ. 

0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް