ads
އިބްރާ- ފޮޓޯ: ސީއެންއެމް
އަންނި ބުނީތީ މުޅި ގައުމު އޭގެފަހަތުން ދުވާކަށް ނުޖެހޭ: އިބްރާ
ނަޝީދު ބުނީތީ އެއީ މާބޮޑު އެެއްޗަކަށް ވެގެން މުޅި ގައުމު ނިޒާމެއްގެ ފަހަތުން ދުވަން ޖެހޭނެކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސްް އިބްރާހީމް އިސްމާއީލް (އިބްރާ) ވިދާޅުވެއްޖެ އެވެ.

ސީއެންއެމްގެ “އިތުރުކާފް” ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން “ރާއްޖެއަށް އެންމެ ރަނގަޅީ ކޮން ނިޒާމެއް؟” މިމައުލޫއުއަށް ވާހަކަދައްކަވަމުން އިބްރާ ވިދާޅުވީ އިންތިހާބުތަކުގައި އަބަދުވެސް އެކި މީހުން އެކި ވާހަކަދައްކާނެ ކަމަށާއި ނިޒާމުގެ ވާހަކައަކީ “އަންނިގެ ވާހަކަ” ކަމަށެެވެ. 

އަދި އޭރުވެސް އެހާބޮޑު ސަމާލުކަމެއް ނުދިނީ އެއީ މަބޮޑުކަމަކަށް ނުވާތީ ކަމަށްވެސް އިބްރާ ވިދާޅުވިއެވެ.

“މިރޭވެސް އަޅުގަނޑު މިދެންނެވީ އެއީކީ ސަމާލުކަން ދޭންޖެހޭވަރުގެ މުހިންމު ވާހަކައެއް ނޫނޭ. ދެން ހަމަ އެވާހަކަ ދައްކާ މީހަކު ދައްކާނެ. އަނެއްބަޔަކު ހަމަ މާދަމާ މިސާލަކަށް ހަމަ އަޅުގަނޑުމެން މާދަމާ ހަމަ މަގުމައްޗަށް ނިކުންނަ އިރުގަ މަގުމަތީ ތިބި ބަޔަކު ބުނެފާނެ އޭ މިރާއްޖޭގަ ރަސްކަމަކަށް ބަދަލުކުރަން ވީ އޭ. ދެން އެއީ އެމީހުންގެ ހިޔާލު. ދެން އެކަމު އެހިސާބުން އަޅުގަނޑުމެން ހަމަ ދުވެފަ އައިސްފަ ކޮންމެހެން ޓީވީ އަށް އަރައިގެން އެވާހަކަ ދައްކާކަށް ނުޖެހޭ”

އިބްރާ ވިދާޅުވީ، ރާއްޖޭގެ ދައުލަތް ހިންގަން ބޮޑު ބަދަލެއް ގެންނަންޖެހޭނީ އެތައް ހާސް ރައްޔިތުންނެއް އެކަމަށް އެދޭ ކަމަށް ވާނަމަ ކަމަށެވެ. އެގޮތުން 2004 ވަނަ އަހަރު ޖުމުހޫރީ މައިދާނަށް 25،000 ރައްޔިތުން އެއްވިކަން ފާހަގަކުރައްވަމުން އިބްރާ ވިދާޅުވީ އެއީ ބޮޑެތި ކަންތައްތައް ކަމަށާއި އެހާ ހިސާބުން ދައުލަތުގެ ހިންގުމަށް ވިސްނަން ޖެހޭނެ ކަމަށެވެ. 

ރާއްޖޭގައި މިވަގުތު އޮތް ދައުލަތް ހިންގުމުގެ ނިޒާމަށް އެވަރުގެ ބޮޑު ބަދަލެއް ގެންނަން ވެއްޖެކަމަށް ބުނާ ކްރިޓިކަލް މާސްކު ކޮބާތޯ އިބްރާ ވަނީ ސުވާލުއުފައްދާފައެވެ.

އިބްރާ އިތުރަށް ވިދާޅުވީ، ރައީސް މިވަގުތު ވިސްނަންވީ ގައުމު ހިންގެވުމަށް ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިސްނަވަންވާނީ އެތަން ހިންގެވުމަށް ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް