ads
ވެލާނާ އެއާޕޯޓުގައި ގިނަ އަދަދެއްގެ ފަތުރުވެރިން---
ރާއްޖެ އިޝްތިހާރު ކުރުމަށް ރަޝިޔާގެ އެންމެ ބޮޑު ފެއާގައި ވިޒިޓް މޯލްޑިވްސް ބައިވެރިވެއްޖެ
ރަޝިޔާގެ އެންމެ ކުރިއަރާފައިވާ ލަގްޝަރީ ޓްރެވެލް ޓްރޭޑް ފެއާ ކަމުގައިވާ "ލަގްޝަރީ ޓްރެވެލް މާޓް 2021" (އެލްޓީއެމް) ގައި ވިޒިޓް މޯލްޑިވްސް ބައިވެރިވެއްޖެއެވެ.

އެ ފެއާ ކުރިއަށްދާނީ ރަޝިއާގެ ވެރިރަށް މޮސްކޯގައި 22 - 23 އޭޕްރިލްގެ ނިޔަލަށެވެ. އެ ފެއާގައި ބައިވެރިވުމުގެ މަގްސަދަކީ ރަޝިއާ މާކެޓްގައި ރާއްޖޭގެ މަގުބޫލުކަން ދަމަހައްޓައި ރަޝިއާގެ ފަތުރުވެރިންގެ މެދުގައި ރާއްޖެއަކީ އެންމެ ހިތްގައިމު ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމާއި އިޝްތިހާރުކުރުން ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުނެ އެވެ.

އެ ފެއާގެ ތެރެއިން އެންމެ މުހިންމު ލަގްޝަރީ ޓްރެވެލް ޓްރޭޑްގެ ފަރާތްތަކާއި ބައްދަލުކޮށް ރާއްޖޭގެ ޕްރޮޑަކްޓްތަކާއި ރާއްޖޭގައި ކުރެވޭ ތަޖުރިބާތަކާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް ވިޒިޓް މޯލްޑިވްސް އިން ބުނެ އެވެ.

އަދި ދިވެހި ރާއްޖެއާއި ބެހޭ އެންމެ ފަހުގެ ގުދުރަތީ ގޮތުން ވަކި ރަށްތަކެއްގެ ގޮތުގައި އުފެދިފައި އޮންނަ ޖަޒީރާ ވަންތަކަމާއި ފަން އައިލެންޑް ވަން ރިސޯޓް ކޮންސެޕްޓް' އަށް އަލިއަޅުވާލައި ރާއްޖެއަކީ ފަތުރުވެރިން ޗުއްޓީ ހޭދަކުރަން ޒިޔާރަތްކުރުމަށް އެންމެ ރައްކާތެރި އެއް މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރެވިގެންދާނެ ކަަމަށް ވިޒިޓް މޯލްޑިވްސް މައުލޫމާތު ދެއެވެ.

މީގެ އިތުރުން، ރާއްޖެ އިތުރަށް އެ ފެއާ ގައި ޑެސްޓިނޭޝަން ސްޕޮންސާޝިޕް މެދުވެރިކޮށް އިޝްތިހާރު ކުރެވިގެންދާނެ ކަމަށާއި އެ ސްޕޮންސާޝިޕް ގެ ތެރެއިން ފެއާގައި ހަރުކުރެވިފައިވާ ޕްރެސް ވޯލް، ބެކްޑްރޮޕް ،ޗާރޖިން ސްޓޭޝަން އަދި ފެއާގެ ޕްރޮމޯޝަނަލް މެޓީރިއަލް ތަކުގައި ދިވެހިރާއްޖެ ރީތި މަންޒަރުތައް ދަކުވައިދޭ ފޮޓޯ ތަކާއި ވިޒިޓް މޯލްޑިވްސްގެ ބްރޭންޑިންގ ހިމެނިފައިވާނެ ކަމަށް ވެސް ބުނެ އެވެ. 

އެ ފެއާ އަށް ޒިޔާރަށް ކުރާ ފަރާތްތަކުގައި ހިމެނެނީ ފައިވް ސްޓާ ހޮޓެލްތަކާއި ރިސޯޓްތަކާއި ފަތުރުވެރިކަމުގެ ދާއިރާގެ އިންވެސްޓަރުންނާއި ޓުއާ އޮޕަރޭޓަރުންނާއި އަދި ލަކްޝަރީ ޓްރެވެލް އޭޖެންޓުން ބައިވެރިވާ ކަމަށާއި މިދިއަ އަހަރު ބޭއްވި އެލް. ޓީ. އެމް. މޮސްކޯ ސްޕްރިންގް 2020 ގައި 205 އެގްޒިބިޝަނާސް ބައިވެރިވުމާއި އެކު މިދިއަ އަހަރާއި 2019 ވަނަ އަހަރު ބޭއްވުނު ފެއާ ތަކުގައި 4500 ފަރާތުން ބައިވެރިވެފައިވާ ކަމަށް ވެސް ވިޒިޓް މޯލްޑިވްސް ބުނެ އެވެ.  

ރަޝިޔާ މާކެޓުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން ގިނަ ހަރަކާތެއް މިއަހަރު މިހާތަނަށް ވަނީ ކުރިއައް ގެންގޮސްފައި ކަމަށާއި އެގޮތުން ދެ މިޑިއާ ފެމިލިއަރައިޒޭޝަން ޓްރިފާއި މޮޔާ ޕްލެނެޓާ ޓީވީ ޝޫޓްގެ އިތުރުން ނެޝަނަލް ޖިއޮގްރަފިކް ފޮޓޯ ޝޫޓް ހިމެނޭ ކަމަށް ވެސް ބުނެ އެވެ

މީގެ އިތުރުން ވިޒިޓް މޯލްޑިވްސް ވަނީ ރަޝިއާގެ އެންމެ ބޮޑު ޓްރެވެލް ޓްރޭޑްސޯ ކަމުގައިވާ މޮސްކޯ އިންޓަނޭޝަނަލް ޓްރެވެލް ޓްރޭޑް ފެއާ (އެމް. އައި. ޓީ. ޓީ) ގައި ބައިވެރިވެފައި ކަން ވެސް ފާހަގަކޮށްފައި ވެއެވެ.

އަދި އެ އިވެންޓްގައި ދިވެހި ރާއްޖެވަނީ 'ބެސްޓް އައިލެންޑް ޕްރެޒެންޓޭޝަން ގެ އެވޯޑާއި ބްރައިޓް އެގްޒިބިޓިން އެވޯޑް ހޯދާފައި ކަމަށާއި މީގެ އިތުރުން ރަޝިއާ މާކެޓުގައި ދިވެހި ރާއްޖެ އިޝްތިހާރުކުރުމަށްޓަކައި ރަޝިއާގެ ހަތަރު ސިޓީއެއްގައި ވިޒިޓް މޯލްޑިވްސް ވަނީ ރޯޑްޝޯ އެއްވެސް ބާއްވާފައި ކަމަށް ވެސް ބުނެ އެވެ.

އަދި މިހާރު ކުރިއަށް ގެންދަމުންދާ ހަރަކާތްތަކުގެ ތެރޭގައި އެކްސްޕީޑިއާ އާއި އެކު ކުރިއަށް ގެންދާ ކެމްޕެއިނާއި ޑިޖިޓަލް އަދި ސޯޝަލް މީޑިއާ ކެމްޕެއިންތަށް ހިމެނޭ ކަމަށް ވިޒިޓް މޯލްޑިވްސް ބުނެ އެވެ.

މި އަހަރު 7 އޭޕްރީލްގެ ނިޔަލަށް، މިނިސްޓްރީ އޮފް ޓޫރިޒަމް ގެ ތަފާސް ހިސާބު ދައްކާގޮތުގައި ރަޝިއާ އަކީ ދިވެހި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް މިހާރު ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަމުން އަންނަ ގައުމު ކަމަށާއި މިހާތަނަށް ރަޝިއާއިން 67,996 ފަތުރުވެރިން ވަނީ ދިވެހި ރާއްޖެއަށް ޒިޔާރަތްކޮށްފައި ކަން ވިޒިޓް މޯލްޑިވްސް ފާހަގަކޮށްފައި ވެއެވެ.

އަދި ދަތުރު ފަތުރުކުރުމަށް ލުއި ފަސޭހަކަން ދިނުމާއި އެކު ރާއްޖެއާއި ރަޝިއާ ދެމެދު ޑައިރެކްޓް ފްލައިޓް ކަނެކްޓިވިޓީ އޮތުމުގެ ސަބަބުން ދިވެހި ރާއްޖެއަށް މި ސަރަހައްދުން ދަތުރުކުރާ ފަތުރުވެރިންގެ އަދަދު އިތުރުވުމުގެ އުންމީދު އެބައޮތް ކަމަށް ވެސް ބުނެފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް