ވޮލީ މެޗެއްގެ ތެރެއިން
ވޮލީ ރެފްރީންނާ ކޯޗުންގެ އިންތިހާބު މިއަދު
Share
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރެފްރީސް ކޮމިޝަނާ ކޯޗިން ކޮމިޝަންގެ އިންތިހާބު މިއަދު އޮންނާނެއެވެ. އިންތިހާބު އޮންނާނީ ބޯޅަ ގޭގައެވެ.
Advertisement

ވޮލީ އެސޯސިއޭޝަންގެ ރެފްރީންނާ ކޯޗުންގެ އިންތިހާބަށް އެ އެސޯސިއޭޝަނުން ހުޅުވާލީ މި ނިމުނު ހަފުތާ ތެރޭގައެވެ. ވޮލީގެ އެތެރޭގެ އިންތިހާބަށް މި ހުޅުވާލީ އެސޯސިއޭޝަނުގެ އިންތިހާބީ ވެރިންނާ، އަދި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ މެދު އުފެދުނު ނުތަނަވަސްކަމުގައި ދޮޅު އަހަރެއްހާ ދުވަސްވަންދެން ވޮލީގެ ހަރަކާތްތައް ހުއްޓިފައި އޮތުމަށް ފަހުއެވެ. ވޮލީގެ އެތެރޭގައި އުފެދުނު އުދާސް ގަނޑަށް ފަހު ވޮލީ އެސޯސިއޭޝަންގެ އިންތިހާބު ދާދިފަހުންވަނީ ބާއްވާފައެވެ.

ދޮޅު އަހަރެއްހާ ދުވަހަށް ދެމިގެން ދިޔަ ނުތަނަވަސްކަމަށް ފަހު މި މަސް ފެށުނު އިރު ވޮލީގެ އިންތިހާބު ބޭއްވި ނަމަވެސް އެ ދުވަހުވެސް އިންތިހާބުގެ ކަންތައް ދިޔައީ ބޮޑު މައްސަލަ ގަނޑެއްގެ ތެރެއިންނެވެ. މައްސަލަ ގަނޑުގެ ތެރޭގައި ދިޔަ އިންތިހާބުގައި ރައީސް ކަމަށް ވާދަކުރި ކުރީގެ ނައިބު ރައީސް އިލްޔާސް ވަހީދު ވޯކްއައުޓްކޮށްފައިވަނިކޮށް، އިންތިހާބު ކާމިޔާބުކުރީ ކުރީގެ ކުޅުންތެރިޔާ މުހައްމަދު ރަނޭޝްއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް