ads
ރޭޕްކުރި ކަމަށް ތުހުމަތުކުރާ ދެމީހުން
މާލެ ރޭޕް ކޭސް: ހެއްކަށް ނުފޫޒް ފޯރުވާނެތީ ދެމީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
އަންހެނަކު ގޯޅިގަނޑަށް ވާއްދާ ރެޕްކުރި ދެމީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

ސީއެންއެމްއަަށް މައުލޫމާތު ދެއްވަމުން ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު އެ ދެމީހުން ކްރިމިނަލް ކޯޓަށް ގެންދިޔަ ކަމަށެވެ. އެގޮތުން ކްރިމިނަލް ކޯޓުން އެ ދެ މީހުންގެ ބަންދަށް ވަނީ 10 ދުވަސް އިތުރުކޮށްފަ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެ ދެމީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތުމުން ކަމަށް ފުލުހުން ބުނެއެވެ. ބަންދާ މެދު ގޮތް ނިންމަން މިއަދު ކުރިއަށް ދިޔަ ބަންދު މަޖިލީހުގައި ފުލުހުން ބުނެފައިވަނީ އަންހެން މީހާއަށް ނަފްސާނީ ގޮތުން އަނިޔާ ލިބިފައިވާތީ ތަހުގީގުގައި އޭނާގެ ބަޔާން ނެގިފައި ނުވާ ކަމަށެވެ.

އަންހެން މީހާއަށް ޖިންސީ އަދި ޖިސްމާނީ އަނިޔާ ދީފައިވާ ކަމަށް އޭނާ ފުލުހުންނަށް މީގެ ކުރިން ވަނީ ކިޔައިދީފައެވެ. އެގޮތުން އަންހެން މީހާ މައްޗަށް ނަގައި ތިން ފަހަރު ވައްޓާލި ކަމަށާއި އަންހެން މީހާގެ އަނގަޔަށް ފޮތި ކޮއްޕައި، ޖިންސީ އަނިޔާ ދިންކަމުގެ މައުލޫމާތު ހުށަހަޅާފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ. 

އަންހެންމީހާ ރޭޕްކުރި މައްސަލައްގައި ކުށުގެ ވެށިން ދެ މީހަކު ހައްޔަރުކޮށްފައިވަނީ މިމަހުގެ 16ވަނަ ދުވަހުއެވެ. މިމައްސަލައާއި ގުޅިގެން ހައްޔަރު ކުރީ 18 އަހަރުގެ ހދ. ނޭކުރަންދޫ، ވިނަރެސްގެ އާދަމް ވިޝާން އާއި، 23 އަހަރުގެ ހދ. ވައިކަރަދޫ، މިލާފަރު ގޭ، އަލީ ރަޝީދު އެވެ. މި ދެމީހުންގެ މައްޗަށް ކުރަނީ މާރާމާރީ އާއި ކިޑްނެޕް އަދި ގަދަކަމުން ޖިންސީ ގުޅުން ހިންގުމުގެ ތުހުމަތެވެ.

ރޭޕްގެ ޝިކާރައަކަށްވީ އަންހެންމީހާ ރޭޕް ކޮށްފައިވަނީ، އޭނާ ހިނގާފައި ދަނިކޮށް، ދެމީހުންވެގެން އޭނާ ގަދަކަމުން އުފުލައިގެން ކައިރި ގެއަކަށް ވެއްދުމަށް ފަހު އެވެ. މިއަދު ވަނީ މިކަމާއި ގުޅޭ ވީޑިއޯއެއްވެސް އާއްމުވެފައެވެ. މިއަދު ސޯޝަލް މީޑިއާގައި އާންމުވި މިވީޑިއޯއިން ފެންނަގޮތުން ދެ ފިރިހެނަކު ގަދަކަމުން އަންހެންކުއްޖާ ދަމާފައި ގޯޅިގަނޑަށް ވެއްދުމަށް މަސައްކަތްކުރެއެވެ. އަދި އެކުއްޖާ ނުވަންނަން ގަދަދައްކާ މަގުމަތީ އިށީނުމުންވެސް އެ ދެފިރިހެނުން އޭނާ ނަގައިގަނެގެން ގޯޅިގަނޑަށް ވައްދާ މަންޒަރު އެ ވިޑިއޯއިން ފެނެެއެވެ.

މައުލޫމާތު ލިބޭގޮތުން އޭނާއަށް ލިބިފައިވާ ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކުގެ ސަބަބުން މައްސަލައިގެ ތަހުގީގަށް އަދިވެސް ބަޔާން ދެވިފައެއް ނުވެއެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް