ads
ރޭޕްއާއި ދެކޮޅަށް ކުރިން ބޭއްވުނު މުޒާހަރާގެ ތެރެއިން - ފޮޓޯ: ސީއެންއެމް
ތިން އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
ތިން އަހަރުގެ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި މީހަކު ހައްޔަރު ކޮށްފި އެވެ

ފުލުހުން ބުނީ މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މިމީހާ ހައްޔަރު ކޮށްފައިވަނީ މިރޭ 20:55 ހާއިރު ކަަމަށްވެސް ފުލުހުން މައުލޫމާތު ދެއެެވެ. 

ފުލުހުން ބުރާސްފަތި ދުވަހު ހެނދުނު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އުމުރުން ތިން އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ލިބިފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ކްރައިމްސް އަގެއިންސްޓް ޗިލްޑްރަން ޑިޕަރޓްމަންޓަށް ހުށަހެޅިފައިވާ ކަމަށެވެ. އަދި  އެމައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށް ބުނެފައިވެއެވެ.

އެހެންނަމަވެސް މި މައްސަލައިގެ ތަފްސީލް އަދި ފުލުހުން ހާމަކޮށްފައެެއް ނުވެއެވެ.

އެމައްސަލަ ހުށަހެޅުމާއި ގުޅިގެން ކުއްޖާއަށް އެއްވެސް ކަހަލަ އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް ޑޮކްޓަރަށް ދެއްކިފައިވާ ކަމަށާއި، ކުއްޖާއަށް ނަފްސާނީގޮތުން އަސަރުކޮށްފައިވޭތޯ ބެލުމަށް ސައިކޮލޮޖިސްޓަށް ދައްކާ، ސައިކޮލޮޖިކަލް ރިޕޯޓާއި މައްސަލަ އާއި ގުޅިގެން ހަދަން ޖެހޭ ރިޕޯޓްތައް ހެދުމުގެ މަސައްކަތް ހިދުމަތުގެ ފަރާތުން ކުރަމުންދާއިރު ކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއާއި ގުޅިގެން ފުލުހުން ކުރަަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.

“އެމައްސަލަ އަކީ ސީރިއަސް މައްސަލައަކަށްވާތީ ތަހުގީގަށް ބޭނުންވާ ހެއްކާއި، ޤަރީނާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންގެންދާކަމުގައި ދަންނަވަން. މި މައްސަލައާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ލަސްކުރުމެއްނެތި އަޅަމުންދާނެކަމުގެ ޔަޤީންކަން އެންމެހާ ރައްޔިތުންނަށް އަރުވަން” ފުލުހުން ބުނެފައިވެއެވެ.

ކުޑަކުދިންނާއި މެދު ހިންގޭ އެކިބާވަތުގެ އަނިޔާގެ މައްސަލަތަކަކީ ފުލުހުންގެ ފަރާތުން ސީރިއަސް މައްސަލަ ތަކެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ މައްސަލަތަކަށްވާތީ، އެބާވަތުގެ އެއްވެސް މައްސަލައެއްގެ މައުލޫމާތު ލިބިއްޖެނަމަ އެކަން ލަސްނުކޮށް ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ފޯން 3000600 އަށާއި ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސާވިސަސްގެ ހިލޭ ގުޅޭ ނަންބަރު 1412 އަށް ހުށަހެޅުއްވުމަށް ފުލުހުންވަނީ އިލްތިމާސްކޮށްފައެެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް