ads
ޗީޒީ އަލުވި——ފޮޓޯ:ސީއެންއެމް
ސީއެންއެމް ބަދިގެ: ޗީޒީ އަލުވި
މިއަދު ސީއެންއެމް ބަދިގޭގައި މި ހިމަނާލަނީ މުޅިން ތަފާތު އާ ރެސެޕީއެކެވެ.

މިއަދު ސީއެންއެމް ބަދިގޭގައި ކިޔާދޭން މިއުޅެނީ "ޗީޒީ އަލުވި" ތައްޔާރު ކުރާނެ ރެސިޕީ އެވެ.  

ބޭނުންވާ ތަކެތި:

  • 4 އަލުވި
  • ބީފް(ބޭނުންވާނަމަ ޗިކަން ވެސް ބޭނުން ކުރެވިދާނެ)
  • ބޮޑު އެއް ފިޔާ
  • މޮޒެރެއްލާ ޗީޒް
  • އެއް ސަމުސާ ލޮނު
  • އެއް ސަމުސާ އަސޭމިރުސް
  • އެއް ސަމުސާ ހިކި މިރުސް
  • ތިން ސަމުސާ އޮލިވް އޮއިލް

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ ޓްރޭއަކަށް ހަތަރު އަލުވި، އެއް ބީފް (ބޭނުންވާނަމަ ޗިކަން ވެސް ބޭނުން ކުރެވިދާނެ)، އަދި ބޮޑު އެއް ފިޔާ ދިކޮށް ކޮށާލާފައި އަޅާލާށެވެ. އެއީ އެއް ފަޅީގައި އަލުވި އަދި އަނެއްފަޅީގައި ބީފް ބެހެއްޓޭނެ ގޮތަށެވެ. ދެން މެދުގައި ފިޔާ އެވެ.

ދެން އެއް ސަމުސާ ލޮނާއި، އެއް ސަމުސާ އަސޭމިރުސް އަދި އެއް ސަމުސާ ހިކި މިރުސް، ތިން ސަމުސާ އޮލިވް އޮއިލް އަޅާލުމަށްފަހު ހުރިހާ އެއްޗެއް އެެއްކޮށްލާށެވެ. ދެން އެލްމިނިއަމް ފޮއިލްއިން ޓްރޭ ބަންދުކޮށްލުމަށްފަހު އޮވަނަށްލާ 390 ޑިގްރީ ސެލްސިއަސްގައި 40 މިނެޓް ވަންދެން ކައްކާލާށެވެ. ކެެމުންދާއިރު 200 ގުރާމުގެ މޮޒަރައްލާ ގާނާލާށެވެ. 

އެއްކޮށް 40 މިނެޓް ކައްކާލެވުމުން އަވަނުން ނަގާފައި މައްޗަށް މޮޒެރެއްލާ އަދި އޮރިގާނޯ އަޅާލުމަށްފަހު އަނެއްކާ އަވަނަށް ލުމަށްފަހު ޗީޒް މެލްޓްވަންދެން ކައްކާލާނީއެވެ. 

މިހާރު ތިހުރީ "ޗީޒީ އަލުވި" ތައްޔާރުކޮށް ނިމިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް