ads
އަރަބި ކަނޑުން އަތުލައިގަތް މަސްބޯޓު
30ކިލޯގެ މަސްތުވާތަކެތި އަރަބި ކަނޑުން ހޯދައިފި
ރާއްޖޭގެ އުތުރަށް އޮންނަ އަރަބި ކަނޑުން 300 ކިލޯގެ މަސްތުވާ ތަކެތި ހޯދައިފި އެވެ.

އިންޑިއާ ޓުޑޭގައި ރިޕޯޓްކޮށްފައިވާ ގޮތުން މިތަކެތި ފެނިފަވަނީ އިންޑިއަން ނޭވީން ސާވިއަލޭންސް ޕެޓްރޯލް ކުރުމުގެ ތެރޭގައި ޝައްކު ކުރެވިގެން ބަލާ ފާސްކުރިއިރު މަސްދޯންޏެއްގެ ތެރެއިން، މިދިޔަ ހޯމަ ދުވަހުގައެވެ. މި ބޯޓު ހޯދުމަށްޓަކައި އިންޑިއަން ނޭވީއިން ވަނީ ހާއްސަ ބޯޑިން އެންޑް ސާޗިން އޮޕަރޭޝަނެއް ހިންގާފައެވެ. 

މި އޮޕަރޭޝަނުގައި 300 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ހޯދާފައިވާއިރު، މި މައްސަލަ އިތުރަށް ބެލުމަށްޓަކައި ކެރެލާގެ ކޮޗީ ޕޯޓަށް އެމީހުން ވަނީ ގެންގޮސްފައެވެ. 

އަދި މި މައްސަލައާއި ގުޅިގެން މިހާތަނަށް ކުރެވުނު ތަހުގީގުން އެނގިފައިވާ ގޮތުގައި، ޕާކިސްތާނުގެ މިބޯޓުން ހޯދި މަސްތުވާ ތަކެއްޗަކީ ރާއްޖެއާއި އިންޑިއާ އަދި ސްރީލަންކާގައި ޓެރަރިސްޓު ހަރަކާތްތައް ހިންގުމަށް ފަންޑު ކުރަން ބޭނުންކުރާ އެއްޗެހި ތަކެކެވެ. 

މިކަމާއި ގުޅިގެން އިތުރު ތަހުގީގުތައް މިހާރު އަންނަނީ ކުރަމުންނެވެ. 

ފާއިތުވި އެއް އަހަރު ތެރޭގައި އިންޑިއާގެ ކޯސްޓުގާޑުން ވަނީ 1.6 ޓަނުގެ މަސްތުވާތަކެތި ހޯދާފައެވެ. މި ތަކެތީގެ އަގު 5،200 ކޮރޯރް އަށް އަރާނެއެވެ. 

56%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް