ads
ސޯނު ސޫދް
ސޯނު ސޫދް ކޮވިޑް-19 އަށް ނެގެޓިވް
ބޮލީވުޑްގެ މަޝްހޫރު ތަރި ސޯނު ސޫދް ކޮވިޑް-19 އަށް ނެގެޓިވް ކަމަށް އޭނާ ބުނެފި އެވެ.

ހުކުރު ދުވަހު މެންދުރު ސޯނު ސޫދް ކޮވިޑް-19 އަށް ނެގެޓިވް ކަމަށް ބުނެފިއެވެ.

ސޯނު ސޫދް މިކަން ހާމަކޮށް އިންސްޓާގްރާމް މެދުވެރިކޮށް ފޮޓޯއެއް ހިއްސާކޮށްފައިވެއެވެ. މިފޮޓޯއިން ނެގެޓިވް ކަން އަންގައިދޭ އިޝާރާތެއް ސޯނު ސޫދް ވަނީ ކޮށްފައެވެ. މީގެ ހަފްތާއެއް ކުރިން ޕޮޒިޓިވްވި ކަމަށް ސޯޝަލް މީޑިއާގައި ސޯނު ސޫދް ބުނެފައި ވެއެވެ. އަދި ގޭގައި އެކަހެރިވެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ސަމާލު ވާކަމަށް ވެސް ސޯނު ސޫދް ވަނީ ބުނެފައެވެ.

ސޯނު ސޫދް އަކީ އިންޑިއާގައި ކޮވިޑް-19 އާއި ގުޅިގެން ފުރަތަމަ ލޮކްޑައުން އިން ފެށިގެން ބޭނުންޖެހިފައިވާ މީހުންނަށް އެހީވަމުން އަންނަ ތަރިއެކެވެ. ސޯނު ސޫދް އަންނަނީ ކޮވިޑް-19 ގެ ބައްޔަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް އެނދާއި، ސިއްހީ ފަރުވާދޭ އާލަތްތައް އަދި އިންޖެކްޝަން ފަދަ ތަކެތި ފޯރުކޮށް ދެމުންނެވެ.

your imageސޯނު ސޫދް


100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް