ads
މަޑިތަކެއް
"އަލްފާނޯއި މަޑިއެއް"މީ އަސްލު ކިހިނެއްވީ ކަމެއްބާ؟
"ބަޔަކޫ ސޮރަކޫ މީހަކޫ ހުސް މަޑި" މިއީ މިހާރު ރާއްޖޭގައި ވަރަށް އާންމު ވެގެން އުޅޭ މީމެކެވެ.

މިއަކީ މިހާރު ރާއްޖޭގެ އެންމެ މަޖާ އެއް ފަންނާނު ކަމަށްވާ ހުޝާމް (ހުޝަންޓޭ) ކުރި ލައިވް ވީޑިއޯއެއްގައި އޭނާ ދައްކާ ވާހަކަ އެކެވެ. 

އެވީޑިއޯގައި ފެނިގެންދާ ގޮތުން އެމީހުން ތިބި ސަރަހައްދުގައި ގިނަ ބަޔަކު މަސްބާނަން އުޅެއެވެ. އަދި އޭނާ އެހެން ކިޔަމުން ދަނީ މޫދުގައި ތިބި ގިނަ މަޑިތަކަކަށް ބަލަމުންނެވެ. 

ގިނަ ބަޔަކަށް ވަރަށް މަޖާ ވީޑިއޯއަކަށް މި ވެފައިވާއިރު، މިފަދަ ގިނަ ވީޑިއޯތަކެއް މިހާރު މީހުންދަނީ ހަދަމުންނެވެ. 

މި ވީޑިއޯ އަކީ ރޯދަމަހަށް ހާއްސަ ކޮށްގެން ހުޝާމްއާއި ސައިފް ކުރިއަށް ގެންދާ "އަހަމާ ބަހަމާ" ޕްރޮގްރާމުގެ ޝޯޓިން އަކަށް ގޮސް ނަގާފައިވާ ވީޑީއޯ އަކަށް ވާއިރު މި ވީޑިއޯ ނަގަން ދިމާވި ސަބަބަކީ، ޕްރޮގްރާމް ހޯސްޓު ކުރާ އެއްފަންނާނު ސައިފު ޝޫޓިންއަށް އަންނަން ލަސްވުމެވެ.

އެގޮތުން މި ފޭސްބުކް ލައިވަކީ ސައިފް އޮފީހުގައި ބިޒީވެ، ޝޫޓިންއަށް އައުން ލަސްވުމުގެ ސަބަބުން މަޖާކޮށްލަން ނަގާފައިވާ ވީޑިއޯއެއް ކަމަށް ވެއެވެ. އަދި ސައިފް އައުމާއެކު އެމީހުން ވަނީ ލައިވް މެދުކަނޑާލާ ޝޫޓިން ކުރިއަށް ގެންގޮސްފައެވެ. އެމީހުން މަޖަލަކަށް ކުރި މި ވީޑިއޯ ހަގީގަތުގައިވެސް މީހުންނަށް މިވަނީ ވަރަށް މަޖާ ވީޑިއޯއަކަށް ވެފައެވެ. 

ހުޝާމަކީ ދިވެހިން ހެއްވާލާ، މަޖާ ކުރުމަށް ދިވެހިންގެ ތެރޭގައި މަޝްހޫރުކަން ހޯދާފައިވާ ފަންނާނެކެވެ. އަދި އޭނާގެ ގިނަ ވީޑިއޯތަކަކީ ދިވެހިންގެ ތެރޭގައި ވަރަށްބޮޑު މަގުބޫލުކަން ހޯދާފައިވާ ވީޑިއޯތަކެއް ކަންވެސް ފާހަގަ ކުރެވެއެވެ. 

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް