ads
އުރީދޫން ބިދޭސީންނަށް ރޯދަވީއްލުން ބަހަނީ
މިއަހަރުވެސް އުރީދޫ އިން ބިދޭސީންނަށް ރޯދަވިއްލުން ދީފި
އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް އުރީދޫގެ ފަރާތުން ބިދޭސީންނަށް ރޯދަވީއްލުން ހަދިޔާ ކޮށްފިއެވެ.

އުރީދޫ އާއި މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސް ގުޅިގެން މިއަދު ވަނީ މާލޭ މާރުކޭޓު ސަރަހައްދުގައި 100 އިފްތާ ޕެކް ބިދޭސީންނަށް ބަހާފައެވެ. 

މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސް އަކީރާއްޖޭގައި އުޅޭ ބިދޭސީންގެ ހައްގުތައް މަސައްކަތް ކުރާ ޖަމިއްޔާއެކެވެ. 

އަދި މިއަހަރުގެ ރޯދަމަސް ނިމެންދެން ކޮންމެ ހަފްތާއެއްގެވެސް ހުކުރު ދުވަހު ބިދޭސީންނަށް ރޯދަވީއްލުން ބެހުމަށް އުރީދޫން ވަނީ ނިންމާފައެވެ. 

ކޮމިއުނިކޭޝަން ހިދުމަތުގެ އިތުރުން އުރީދޫއަކީ މުޖުތަމައަށް ފައިދާހުރި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުންޏެކެވެ. އަދި ކޮންމެ އަހަރެއްގެ ރޯދަމަހާއި ދިމާކޮށް ބިދޭސީ މުސްލިމުންނަށް ރޯދަވީއްލުން ހަދިޔާ ކުރުމަކީ އުރީދޫން ކުރަމުން އަންނަ ކަމެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް