ads
ވޯޓާމެލަން މިންޓް ކޫލާ——ފޮޓޯ:ސީއެންއެމް
ސީއެންއެމް ބަދިގެ: ކަރާފަނި ތަންކޮޅެއް ތަފާތުކޮށްލަން ވީނު؟
ރޯދަ މަހު އެންމެ ބޮޑަށް ދިވެހިންގެ މެދުގައި މަގުބޫލު އެކައްޗަކީ ކަރަ އެވެ. ޒަމާނުންސުރެ ދިވެހިން ކަރާ ބޭނުން ކުރަނީ އަބުދުވެސް ދެގޮތަކަށެވެ. އެއީ ފަޅާލައިގެން ހުހާ ކެއުމާއި ކަރާ ފަނި ގިރާގެން ބުއިމެެވެ.

އެހެންނަމަވެސް ކަރާއަކީ އޭގެން ގިނަ ތަފާތު ބުއިންތައް ތައްޔާރުކޮށްލެވިދާނެ އެއްޗެކެވެ. އެގޮތުން ސީއެންއެމް ބަދިގޭގައި މިއަދު މި ހިމަނާލަނީ ކަރާ ފަނި ތަފާތު ގޮތަކަށް ތައްޔާރުކޮށްލެވިދާނެ ގޮތެކެވެ.

ބޭނުންވާނެ ތަކެތި:

  • ކަރާ 
  • ފިޒީ ޑްރިންކެއް (ސްޕްރައިޓް)
  • ލުބޯ
  • ހަކުރު
  • މިންޓް ލީފް
  • އައިސް ކިޔުބް

ތައްޔާރުކުރާނެ ގޮތް:

މިކިޔައިދެނީ މި ބުއިން އެންމެ ތައްޓެއްގައި ތައްޔާރު ކުރާނެ ގޮތެވެ. ގިނަ ކުރަން ބޭނުންވާނަމަ ގިނަ އިން މި ތަކެތި އަޅައިގެން ބޭނުންވާ މިންވަރަކަށް ވެސް ތައްުޔާރު ކޮށްލެވިދާނެއެވެ.

އެންމެ ފުރަތަމަ ކަރާ ފޮއްޗެއް ހަތަރު ބަޔަށް ދިގުކޮށް ކޮށާލާށެވެ. ދެން މިކްސަރަށް އެޅުމަށްފަހު އެއް ސަމުސާ ލުބޯ ހުތް، ދެ ސައިސަމްސާ ހަކުރު އަދި ހަތަރު ވަރަކަށް މިންޓް ލީފް އާއި 1/2ފެން އަޅާލުމަށް ފަހު ހުރިހާ އެއްޗެއް ގިރާލާށެވެ.

ދެން ބިއްލޫރި ތައްޓެއްގެ މަތީ ތުމުގައި ލުބޯކޮޅެއް ވަށައިގެން ހާކާލުމަށްފަހު ހަކުރުކޮޅެއް މަތީގައި ތަށި ބަންޑުން ބާއްވާލާށެވެ. އޭރުން މަތީތުމުގައި ހަކުރު އުގުޅިފައި ހުންނާނެއެވެ. މިއީ ގާނިޝް ކޮށްލުމަށް ހަދާ ގޮތެކެެވެ. 

ދެން އެތައްޓަށް ހަތަރު ވަރަކަށް އައިސްކިޔުބު އެޅުމަށްފަހު އޭރު ގިރި ޖޫސްކޮޅު އަޅާލާށެވެ. ތަށި އިތުރަށް ރީތިކޮށްލުމަަށް މަތީގައި މިންޓް ލީފް އަދި ލުބޯކޮޅެއް ހަރުކޮށްލާށެވެ. އޭރުން މިހާރު ތިހުރީ ތަފާތު ގޮތަކަށް ކަރާ ބޭނުންކޮށްގެން “ސަމާ ޑްރިންކެއް” ތައްޔާރުކޮށްލެވިފައެވެ.

މި ބުއިމަށް ކިޔަނީ “ވޯޓާމެލަން މިންޓް ކޫލާ” އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް