ads
ޖާންވީ ކަޕޫރު
ޖާންވީ ހަނދާން ނެތިގެން ހެދުމުގައި އިން އަގުކޮޅު ނުނައްޓާ ބޭރަށް ނިކުމެއްޖެ
ހަނދާން ނެތިގެން ޖާންވީ އޭނާގެ ހެދުމުގެ އަގުކޮޅު ނުނައްޓުވާ ބޭރަށް ނިކުމެއްޖެ އެވެ.
ބޮލީވުޑްގައި މަޝްހޫރުކަން ހޯދަމުން އަންނަ ޖާންވީ ކަޕޫރަކީ މީޑިއާތަކުން މިހާރު އެންމެ ބޮޑަށް ފާރަލާ އެއް ބަތަލާ އެވެ. މިފަހަރު މިއޮތީ ޖާންވީއާ ގުޅޭ ތަންކޮޅެއް ތަފާތު ވާހަކަ އެކެވެ.

އެގޮތުން ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއެއްގައި ޖާންވީ ފެނިގެން ދަނީ ރީނދޫ ކުލައިގެ ދޯބައްޓާ ހެދުމެއްގައި ހުއްޓަ އެވެ. ޖާންވީ އޭނާގެ ކަސްރަތު ކުލާސް ނިންމާލުމަށްފަހު ކާރަށް އަރާ މަންޒަރު ފެނިގެންދާ މިވީޑިއޯގެ ތެރެއިން ގިނަ ބައެއްގެ ސަމާލުކަމަށް އައީ ޖާންވީގެ ދޯބައްޓާގައި ޖަހާފައިވާ އަގު ޓެގެވެ.

މިކަމާ ގުޅިގެން ބައެެއް މީހުންގެ ފާޑު ކިޔުން ޖާންވީ އަށް އަމާޒުވިއިރު މީގެ ކުރިން ވެސް ޖާންވީ ވަނީ ހަނދާން ނެތިގެން ހެދުމުގެ އަގުކޮޅު ނައްޓާނުލައި ބޭރަށް ގޮސްފަ އެވެ.


ޖާންވީ ބޮލީވުޑަށް ތައާރަފުވެފައި ވަނީ މިދިޔަ އަހަރު ނެރުނު ފިލްމު "ދަަޅަކް" އިންނެވެ. ޖާންވީ މިހާރު އަންނަނީ 1999 ވަނަ އަހަރު، ކާގިލް ހަނގުރާމަ ހިނގާދިޔަ ދުވަސްވަރު އިންޑިއަން އެއާ ފޯސްގައި މަސައްކަތް ކުރަމުން ދިޔަ ހަމައެކަނި އަންހެން ޕައިލެޓް ގުންޖަން ސަކްސޭނާގެ ހަޔާތުގެ މައްޗަށް ނެރޭ ފިލްމުގައި މަސައްކަތް ކުރަމުންނެވެ.

މީގެއިތުރުން "ދޯސްތާނާ 2" ގައި ވެސް ޖާންވީ ގެންދަނީ މަސައްކަތް ކުރަމުންނެވެ. މިހާރު ގިނަ ބަޔަކު ތިބީ ޖާންވީ ފިލްމެއް ނެރޭނެ ދުވަހެއްގެ އިންތިޒާރުގަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް