ads
ލ. ގަމުގެ ބޮޑު މަގު--
ލ. އަތޮޅުގެ 2 ރަށަކަށް އަރާފޭބުން މަނާކޮށްފި
ލ.ގަމުން ކޮވިޑް 19 އަށް ބަޔަކު ޕޮޒިޓިވްވުމާ ގުޅިގެން އެރަށަށް އަރާފޭބުން މަނާކޮށްފި އެވެ.

ގަމު ކައުންސިލްގެ ނައިބު ރައީސް އަހްމަދު ޝާހީން ސީއެންއެމް އަށް ވިދާޅުވީ ގަމުން މިހާތަނަށް ވަނީ ތިން މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ކަމަށެވެ. 

އެއީ މާންދޫ ކުލަސްޓާއާއި ގުޅިގެން ނެގުނު އަށް ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވި ތިން މީހުންކަން ފާހަގަކުރަމުން ޝާހީން ވިދާޅުވީ ދެ މީހުންނަކީ މާންދޫގައި މަސައްކަތް ކުރާ ދެމީހުން ކަމަށެވެ. އަދި އެކަކީ ޕޮޒިޓިވްވި މީހެއްގެ މަންމަ ކަމަށާއި އޭނާ އަކީ ހައިރިސްކު މީހެއް ކަމަށް ވެސް ޝާހީން ވިދާޅުވި އެވެ.

ޝާހީން ވިދާޅުވީ ގަމާއި ފޮނަދޫ މިހާރު ވަނީ މޮނިޓަރިންގެ ހާލަތުގައި ކަމަށެވެ. އަދި އެ ދެރަށުން ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ޝާހީން ވިދާޅުވި އެވެ.

ލ. މާންދޫ އިން މީހަކު ކޮވިޑް-19 ޕޮޒިޓިވްވެ އެރަށް މޮނީޓަރިންއަށް ލާފައި ވަނީ މިމަހުގެ 23 ވަނަ ދުވަހުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް