ads
ރައީސް ޔާމީންގެ ޝަރީއަތުގެ ތެރެއިން--
ރައީސް ޔާމީން ބަލަހައްޓާ އޮފިސަރަކު ޕޮޒިޓިވްވެ، ގެއަށް ބަދަލުކުރަން ގޮވާލައިފި
މާފުށީ ޖަލުގައި ރައީސް ޔާމީންގެ ކަންކަން ބަލަހައްޓާ އޮފިސަރަކު ޕޮޒިޓިވްވެފައިވާކަމުގެ މައުލޫމާތު ލިބިފައިވާއިރު ރައީސް އަބްދުﷲ ޔާމީންގެ ސިއްހަތަށް ލިބިގެން ހިނގައިދާނެ ގެއްލުމަކުން ބަލައި އެމަނިކުފާނު ގެއަށް ބަދަލުކޮށްދެއްވުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފިއެވެ.

އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މާފުށީ ޖަލުގައި މަސައްކަތް ކުރާ މުވައްޒަފުންތަކަކާއި އޮފިސަރުންތަކެއް ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާކަމުގެ އަޑުތަކެއް ފެތުރެމުން ދާތީ އެކަމާ މެދު އެކޯލިޝަންގެ ކަންބޮޑުވާ ކަމަށެވެ. އަދި އެކަމުގެ ސާފު މައުލޫމާތު ރައްޔިތުންނަށް ހާމަކޮށްދިނުމަށް ކަމާ ބެހޭ މުއައްސަސާ ތަކަށް އިދިކޮޅުން ވަނީ ގޮވާލާފަ އެވެ.

ރައީސް ޔާމީނުގެ ކަންކަން ބަލަހައްޓާ އޮފިސަރަކު ޕޮޒިޓިވްވެފައިވާ ނަމަ އެކަމަކީ ކަންބޮޑުވުން އިތުރުވާ ކަމެއްކަމަށާއި މާފުށި ޖަލުން ކޮވިޑަށް ފޮޒިޓިވްވެފައިވާ މުވައްޒަފުންނާއި އޮފިސަރުންނަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާ ޖަލުގައި ތިބި އެންމެންނަށް ސަލާމަތާއި ރައްކާތެރިކަން މިންވަރުކުރައްވާ ރަނގަޅު ސިއްހަތެއްގައި ލެއްވުން އެ ކޯލިޝަނުން ދުއާ ކުރާކަމަށް ބުނެ އެވެ.

ރަމަޟާން މަހެއްގެ ފުރަތަމަ 10 ދުވަސް ނިމި ދެވަނަ 10 އަށް އެޅިފައިވަނިކޮށް މާފުށީ ޖަލުން ކޯވިޑު ފެނި، ރައީސް ޔާމީންގެ ސިއްހަތަށް ލިބިގެން ހިނގައިދާނެ ގެއްލުމަކުން އެމަނިކުފާނު ރައްކާތެރި ކުރުމަކީ ސަރުކާރުން ކުރާން ޖެހޭނެ ކަމެއްކަމަށް އިދިކޮޅުން ބުނެ އެވެ. 

އިދިކޮޅު ކޯލިޝަނުން ވަނީ ރައީސް ޔާމީން އަށް ސިއްހީ ގޮތުން ލިބިގެން ހިނގައިދާނެ ނުރައްކަލަކުން
ސަލްމާތްކުރުމަށް އެމަނިކުފާނު މިއަދުން މިއަދަށް ގެއަށް ގެނެސް ދެއްވުމަށް ސަރުކާރަށް ގޮވާލާފަ އެވެ. އަދި
އެމަނިކުފާނު ގެއަށް ބަދަލު ކުރަންޖެހޭ ކަމަށް އެމަނިކުފާނުގެ ޑޮކްޓަރުންވެސް ލަފާދެއްވާފައިވާތީ އެކަމަށްވެސް ރިއާއަތް ކޮށްދެއްވައި އެގޮތުގެ މަތިން އަމަލުކޮށްދެއްވުމަށް ވެސް ވަނީ ގޮވާލާފަ އެވެ.

މާފުށީ ޖަލުގައި ރައީސް ޔާމީންގެ ކަންކަން ބަލަހައްޓާ އޮފިސަރަކު ޕޮޒިޓިވްވެފައިވާކަމަށް އިދިކޮޅުން ބުނަމުންދާއިރު އެކަމާބެހޭގޮތުން ޖަލު ބަލަހައްޓާ ޑީޕީއާރްއެސްގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް