ads
ރޭޕާއި ދެކޮޅަށް މިރޭ އުސްފަސްގަނޑުގައި ކުރި މުޒާރަހާގެ ތެރެއިން --
ޖިންސީ އަނިޔާތަކާ ދެކޮޅަށް އުސްފަސްގަނޑުގައި މުޒާހަރާއެއް!
ޖިންސީ ގޯނާތަކާއި ދެކޮޅަށް މާލޭ އުސްފަސްގަނޑުގައި މުޒާހަރާއެއް ކުރިއަށް ގެންގޮސްފި އެވެ.

އާންމުންގެ ބަޔަކު މި ސަރަހައްދުގައި މިރޭ މި މުޒާހަރާ ކޮށްފައިވަނީ، ފަހަކަށް އައިސް ހިނގާފައިވާ އެކި ހާދިސާ ތަކާއި ގުޅިގެން، އިންސާފަށް ގޮވާލުމުގެ ގޮތުންނެވެ.

އެގޮތުން މި މުޒާހަރާގެ ބައިވެރިން ވަނީ ރޭޕު ފަދަ ކުށްކުރާ މީހުންނަށް ސަރުކާރުން ހިމާޔަތް ދިނުން ހުއްޓާލުމަށް ގޮވާލާފައެވެ. 

އެގޮތުން އުސްފަސްގަނޑުގައި މުޒާހަރާ ކުރި ބައިވެރިންވަނީ އެމީހުންގެ ޝުއޫރުތައް ފާޅު ކުރުމުގެ ގޮތުން އެކި ބޯޑުތައް ބޭނުންކޮށްފައެވެ. 

ފާއިތުވި ހަފްތާތެރޭ ރޭޕް އަދި ޖިންސީ ގޯނާ އާއި ޖިންސީ ޝިކާރައިގެ އެކި މައްސަލަތައް ފެންމަތިވެފައިވާ އިރު، ގިނަ އާންމުންގެ ބަޔަކު އަންނަނީ މަގުމަތީގައި ރައްކާތެރިކަމެއް ނެތް ކަމަށް ބުނަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް