ads
މިރޭ މުޒާހަރާގައި އަނިޔާވި މީހަކު އެމްބިއުލެންސަށް އެރުވުމަށް މަސައްކަް ކުރަނީ -- ފޮޓޯ: ސީއެންއެމް
މުޒާހަރާގައި ހަމަނުޖެހުން ހިނގާ، 10 މީހަކު ހޮސްޕިޓަލަށް!
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިރޭ ކުރިއަށް ގެންދިޔަ މުޒާހަރާގައި 10 މީހަކަށް އަނިޔާވެ، ފަރުވާއަށް އެމީހުން ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.

އެ ކޯލިޝަންގެ ތަރުޖަމާނި ހީނާ ވަލީދު ސީއެންއެމްއަށް މައުލޫމާތު ދެމުން ވިދާޅުވީ، އަނިޔާވި ފަސް މީހަކު އޭޑީކޭއަށް އަދި ފަސް މީހަކު އައިޖީއެމްއެޗަށް ފޮނުވާލާފައިވާ ކަމަށެވެ. 

އެގޮތުން މިމީހުނަށް އަނިޔާވެފައިވަނީ ފުލުހުން މުޒާހަރާ ރޫޅާލަން އުޅުމުގެ ތެރޭގައި ކަމަށާއި، ޕީޕީއެމް/ޕީއެންސީ އޮފީހަށް ވަދެގެން ފުލުހުން މުޒާހަރާގެ ބައެއް ބައިވެރިންނަށް އަނިޔާ ކުރި ކަމަށް ހީނާ ތުހުމަތު ކުރެއްވި އެވެ.

އެގޮތުން މިރޭގެ މުޒާހަރާ ރޫޅާލުމަށް ފުލުހުން ޕެޕާސްޕްރޭ ބޭނުން ކުރި ކަމަށާއި، ޕީޕީއެމް އޮފީހަށް ވަދެ ބައެއް މީހުންނަށް އަނިޔާ ކުރުމުން، އެކަކުގެ ނޭފަތް ފަޅައިގެންގޮސް، ބައެއް މީހުންގެ ގައިން ލޭއައިސްފައިވާ ކަމަށް ހީނާ ކިޔައިދިނެވެ. 

ހީނާ ވިދާޅުވީ، އަނިޔާ ލިބުނު މީހުންގެ ތެރޭގައި ކުރީގެ ރައްޔިތުން މަޖިލީހުގެ މެމްބަރުން ހިމެނޭ ކަމަށެވެ.

މިކަމާ ގުޅިގެން ސީއެންއެމް އިން ކުރި މަސައްކަތުން މިހާތަނަށް ފުލުހުންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ. 

57%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
29%
ވަރަށް ސަލާމް
ކޮމެންޓްސް