ads
ގދ. ތިނަދޫ--
ތިނަދޫ އަނެއްކާވެސް މޮނީޓަރިންއަށް ލައިފި
ގދ. ތިނަދޫ އަނެއްކާވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

އެޗްއީއޯސީން މައުލޫމާތު ދިން ގޮތުގައި، ތިނަދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އެރަށުން މީހަކު ޕޮޒިޓީވްވެ، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެކަށެވެ.

އެރަށުން ޕޮޒިޓިވްވި މީހާގެ އިތުރު މައުލޫމާތެއް އެޗްއީއޯސީން އާންމެއް ނުކުރެއެވެ. 

މިދިޔަ މަހު 27 ގައިވެސް ތިނަދޫ ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އޭރު ތިނަދޫ މޮނީޓަރިން އަށް ލާފައިވަނީ، ކަރަންޓީނުގެ މުއްދަތު ހަމަކުރުމަށް ފަހު ނެގުނު ތިން ސާމްޕަލްއަކާއި، ބަލީގެ އަލާމަތްތައް ހުރެގެން ތިނަދޫ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ދައްކަން އައި ތިން މީހެއްގެ ސާމްޕަލް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. 

ފަހަކަށް އައިސް އަތޮޅުތެރޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ވަރަށް ގިނަވެފައެވެ. އެގޮތުން އެޗްޕީއޭއިން އެންމެ ފަހުން އާންމު ކުރި ތަފާސްހިސާބުތަކަށް ބަލާއިރުވެސް، އަތޮޅު ތެރެއިން 135 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް