ads
ބަޓާ ނަޓް ސްކުއެޝް ޕިލަފް——ފޮޓޯ:ސީއެންއެމް
ސީއެންއެމް ބަދިގެ: ބަޓާ ނަޓް ސްކުއެޝް ޕިލަފް
ސީއެންއެމް ބަދިގޭގައި ކެއުމަކަށް މިއަދު މި ހިމަނާލަނީ “ބަޓާ ނަޓް ސްކްއެޝް ޕިލަފް”އެވެ.

މިއީ ހާރުދަމަށް ތައްޔާރުކޮށްލަން ރަނގަޅު ބަތެކެވެ.

ބޭނުންވާނެ ތަކެތި:

  • އެއް ބަރަބޯ
  • ބާސްމަތީ ރައިސް
  • ވެޖިޓަބުލް ބްރޯތް
  • އޮލިވްއޮއިލް

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ ބަރަބޮލުގެ ދެކޮޅުގެ ފޫ ކަނޑާލުމަށްފަހު އެކި ތަންތަންކޮޅުގައި އޫ ހަރާލާށެވެ. އެޔަށްފަހު ތިނެއް ނުވަތަ ހަތަރު ވަރަކަށް މިނެޓް މައިކްރޯވޭވްއަށް ލައިގެން ފިހެލާށެވެ. ދެން ނެގުމަށްފަހު ތޮށި މަށާލާފައި ކުދި ފޮތިފޮށްޗަށް ބުރިކޮށްލާށެެވެ.

ދެން ތެއްޔެއް ކައްކަން އުދާށެވެ. އެޔަށް އޮލިވްއޮއިލް އަޅާލުމަށްފަހު އެެއް ފިޔާ، ދެ ލޮނުމެދު އަޅާލުމަށްފަހު ފިޔާކޮޅު މީރުކޮށްލާށެވެ. ދެން އޭގެ ތެރެއަށް ބާސްމަތީ ރައިސް (ދޮވެފަ)، ލޮނު، ދިރި، ކުދިކޮށްކޮށި ބަރަބޯކޮޅު އަދި ވެޖިޓަބަލް ބްރޯތު އަޅާލުމަށްފަހު 190 ޑިގްރީގައި 15 ނުވަތަ 20 މިނެޓު ކައްކާލާށެވެ.

އޭރުން “ބަޓާ ނަޓް ސްކްއެޝް ޕިލަފް” ބަތްގަނޑު ހުންނާނީ ތައްޔާރުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް