ބްރޭކަޕާއެކު ސާރާ ޗުއްޓީއަކަށް
23 އޮކްޓޯބަރ 2019 - 09:35:55
މިދުވަސްވަރަކީ ބޮލީވުޑުގެ ތަރި ސާރާ އަލީ ހާން އާއި ކާތިކް އަރިޔާންއަށް ހިތާމަވެރި ދުވަސްކޮޅެކެވެ. ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު އެކަކު އަނެކަކަށް ވަގުތު ދެވޭ މިންވަރު ކުޑަވެ ދެމީހުން ވަކިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މިދުވަސްވަރަކީ ބޮލީވުޑުގެ ތަރި ސާރާ އަލީ ހާނާއި ކާތިކް އަރިޔާންއަށް ހިތާމަވެރި ދުވަސްކޮޅެކެވެ. ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު އެކަކު އަނެކަކަށް ވަގުތު ދެވޭ މިންވަރު ކުޑަވެ ދެމީހުން ވަކިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ދެމީހުންގެ ތެރެއިން އެކަކުވެސް އެއްބަހެއް ނުވެ އެވެ. އެކަމަކު ދެމީހުން އެކުގައި ޑޭޓުތަކަށް ދިއުމާއި ފިލްމުގެ ޝޫޓިންތަކުގެ ތެރެއިން ވެސް ގާތް ގުޅުމެއް އޮތުމަކީ އެމީހުންގެ މެދުގައި ރަހުމަތްރެރިކަމުގެ ގުޅުމަށް ވުރެ އިތުރަށް ގުޅުމެއް އޮތް ކަމަށް ބުނަމުން އައި ސަބަބުތަކެވެ.
ކޮންމެއަކަސް، ކުރު މުއްދަތެއްގައި ދެމީހުންގެ ގުޅުން ނިމުމަކަށް އައި ނަމަވެސް އެކަމުގެ އަސަރު ދެމީހުންނަށް ވެސް މިވަނީ ވަރަށް ބޮޑަށް ކޮށްފަ އެވެ. ސާރާ މިވަނީ މަސައްކަތުން އެކަހެރިވެލާ ޗުއްޓީއަކަށް ގޮސްފަ އެވެ. އެގޮތުން ގާތް ރަހުމަތްތެރިންނާއެކު ސާރާ އަންނަނީ ސްރީލަންކާގައި ޗުއްޓީ ހޭދަކުރަމުންނެވެ.
ސާރާ ވަނީ އޭނާގެ އިންސްޓަގްރާމު މެދުވެރިކޮށް ޗުއްޓީ ދަތުރުގެ ބައެއް ފޮޓޯތައް ވެސް އާންމުކޮށްފަ އެވެ.
ކާތިކް ވަނީ އޭނާއަށް ސާރާ ވަރަށް ކަމުދާކަން މިދިޔަ އަހަރުގެ ކޮފީ ވިތު ކަރަން ޝޯގެ ތެރެއިން ހިއްސާކޮށްފަ އެވެ. އޭގެ ފަހުން ދެމީހުން އެކުގައި ފެނުން ވަނީ އާންމުވެފަ އެވެ.
ސާރާ އާއި ކާތިކް ފުރަތަމަ ފަހަރަށް އެކުގައި ފެނިގެންދާ ފިލްމަކީ "ލަވް އާޖްކަލް" އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް