ads
އަކްޝޭ
ކޮވިޑާއި ދެކޮޅަށް ކުރާ މަސައްކަތަށް އަކްޝޭ 10 މިލިއަން ރުޕީސް ހަދިޔާ ކޮށްފި
އިންޑިއާގައި ކޮވިޑް-19 ހަލުވިކަމާއިއެކު ފެތުރެމުން އަންނައިރު ގިނަ ބޮލީވުޑް ތަރިންވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

އެގައުމުގެ ހާލަތު ގޯސްވެ ހޮސްޕިޓަލްތަކުން އޮކްސިޖެން ހުސްވެ މަރުވާ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ.

ބޮލީވުޑް މަޝްހޫރު ތަރި އަކްޝޭ ކުމާރަކީ ދީލަތި ކަމުގެ މިސާލެކެވެ. އަކްޝޭ އަކީ ގައުމަށް ދިމާވާ ކޮންމެ ހާލަތެއްގައިވެސް އެންމެ ކުރީ ސަފުގައި އެހީތެރިވުމަށް އަތް ދިއްކޮލާ ތަރިއެއް ގޮތުގައެވެ. އެގޮތުން އަކްޝޭ ވަނި މިފަހުން އެގައުމުގެ ހާލަތު ގޯސްވުމާއި ގުޅިގެން ކޮވިޑް-19 އާއި ދެކޮޅަށް ކުރާ މަސައްކަތައް 10 މިލިއަން އިންޑިއަން ރުޕީސް ހަދިޔާކޮށްފައެވެ. 

އަކްޝޭގެ އެހީ ލިބުނު ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާ ކުރީ އިންޑިއާގެ މަޝްހޫރު ކުރިކެޓް ކުޅުންތެރިޔާ ގައުތަމް ގެމްބިރް އެވެ. އޭނާ ކުރި ޕޯސްޓުގައި ވަނީ އޭނާގެ ފައުންޑޭޝަން އަށް 10 މިލިއަން ރުޕީސްގެ ޑޮނޭޝަންއެއް ދީފައިވާތީ އަކްޝޭއަށް ޝުކުރު އަދާކޮށްފައެވެ. 

އަކްޝޭ ވަނީ މިއީ ދަތި އުދަގޫ ހާލަތެއް ކަމަށް ބުނެފައެވެ. އަދި މިހާލަތުގައި އެހީއެއް ވެދެވުނީތީ އުފާކުރާ ކަމަށް އަކްޝޭ ބުނެއެވެ. 

އަކްޝޭ ބުނީ އުންމީދަކީ އަވަސް މުސްތަގުބަލެއްގައި މިބަލިމަޑުކަމުން އަރައިގަނެވުން ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް