ads
ހޮޓް ޗޮކްލެޓް
ސީއެންއެމް ބަދިގެ: ހޮޓް ޗޮކުލެޓް
މިއަދު ސީއެންއެމް ބަދިގޭގައި މިގެނެސްދެނީ “ހޮޓް ޗޮކުލެޓް”ހަދާނެ ގޮތެވެ.

ބޭނުންވާ ތަކެތި: 

  • 1.5 ޖޯޑު ކިރު
  • ވިޕްޑް ކުރީމް
  • 1/8 ސައިސަމުސާ ވެނީލާ އެސެންސް
  • 2 މޭޒުމަތީ ސަމުސާ ޗޮކުލެޓް ޗިޕްސް
  • 1/2 ސައިސަމުސާ ހަކުރު

ތައްޔާރު ކުރާނެ ގޮތް:

ތަވައެއްގައި ޗޮކުލެޓް ޗިޕްސް އަޅާލާށެވެ. އަދި ހަކުރު އަޅާށެވެ. އެއަށްފަހު ތަވަޔަށް ކިރު އަޅާށެވެ. އަދި ވެނީލާ އެސެންސް އެޅުމަށް ފަހު އުނދުން ރޯކުރާށެވެ.

އިރުކޮޅެއްވަންދެން ގިރަމުން ކައްކަމުންގެންދާށެވެ.

ރަނގަޅަށް ގިރި އެއްވުމުން، އުނދުން މަތިން ބޭލުމަށްފަހު ތައްޔާރު ކުރި ކޮކޯ ދެ ޖޯޑަށް އަޅާށެވެ. ދެން އޭގެ މައްޗަށް ވިޕްޑް ކުރީމް އަޅާލާށެވެ.

އޭރުން ހުންނާނީ ހޮޓް ޗޮކްލެޓް ތައްޔާރުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް