ads
ސިޓީގެ ކޯޗު ގާޑިއޯލާ
ސިޓީން ލީގު ކަޕު ކާމިޔާބުކޮށްފި
ކޯޗަކު ނެތި ކުޅުނު ޓޮޓެންހަމް ބަލިކޮށް، އިނގިރޭސި ލީގު ކަޕު މެންޗެސްޓަރ ސިޓީން ކާމިޔާބުކޮށްފިއެވެ. އާދިއްތަ ދުވަހުގެ ރޭ ކުޅުނު ލީގު ކަޕުގެ ފައިނަލް މެޗުން ސިޓީ މޮޅުވީ އެއް ލަނޑު ސުން ލަނޑުންނެވެ.

މިއީ މެންޗެސްޓަރ ސިޓީން، ލީގު ކަޕު ވިދިވިދިގެން ކާމިޔާބު ކުރި ހަތަރުވަނަ ފަހަރެވެ. ހަތަރުވަނަ ފަހަރު ލީގު ކަޕު، ސިޓީން މި ކާމިޔާބު ކުރީ ހެޑް ކޯޗަކު ނެތި ކުޅުނު ޓޮޓެންހަމް ބަލިކޮށްގެނެވެ. ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯވަނީ މި ދިޔަ ހަފުތާ ތެރޭ މަގާމުން ވަކިކޮށްފައެވެ. އެހެންކަމުން އާދިއްތަ ދުވަހުގެ ރޭ ޓޮޓެންހަމަށް އިރުޝާދު ދިނީ އެންމެ އޮނަތިރީސް އަހަރުގެ ރަޔާން މޭސަން އެވެ.

އާދިއްތަ ދުވަހުގެ ރޭ އިންގްލަންޑްގެ ގައުމީ ސްޓޭޑިއަމް- ވެމްބްލީގައި ކުޅުނު ލީގު ކަޕުގެ ފައިނަލް މެޗުގައި ސިޓީން ޖެހި ހަމައެކަނި ލަނޑު މެޗުން ނިމެން ދިހަވަރަކަށް މިނިޓަށްވެފައި ހުއްޓާ ޖެހީ، އައިމެރިކް ލަޕޯޓް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް