ads
އިންޑިޔާގެ ދޯނީ އަދި ވިރާތް ކޯލީ އައިޕީއެލް މެޗެއްގައި
އެއްވަނައިގަ އޮތް ބެންގަލޫރު ބަލިކޮށް ޗެންނާއީ އެއްވަނައަށް
އިންޑިއަން ޕްރިމިއަރ ލީގުގައި، ކުޅުނު ހަތަރު މެޗުންވެސް މޮޅުވެ ޓޭބަލްގެ އެއްވަނައިގަ އޮތް ރޯޔަލް ޗެލެންޖަރސް ބެންގަލޯރ ބަލިކޮށް ޓޭބަލްގެ އެއްވަނަ މަގާމަށް ޗެންނާއީ ސުޕަރ ކިންގްސް އަރައިފިއެވެ.

އެމްއެސްދޯނީގެ ޗެންނާއީ ސުޕަރ ކިންގްސް އެއްވަނައަށް އެރީ، ވިރާތް ކޯލީގެ ރޯޔަލް ޗެލެންޖަރސް ބެންގަލޯރ، އާދިއްތަ ދުވަހު ފަސްދޯޅަށް ނުވަ ލަނޑުން ބަލިކޮށްގެނެވެ. އާދިއްތަ ދުވަހު ހަވީރު ކުޅުނު މިމެޗުގައި ޓޮސް ދިމާވެގެން ޗެންނާއީން ގަސްދުކުރީ ކުޅެން އަރާށެވެ.

ޗެންނާއީން ކުޅެން އަރައި، ހަތަރު ވިކެޓް، ވިހި އޯވަރަށް ސަތޭކަ ނުވަދިހަ އެއް ލަނޑު ހެދިއެވެ. އެންމެ ރަނގަޅަށް ކުޅުނީ ފަސްދޮޅަސް ދެ ލަނޑު ޖެހި ރަވިންދްރަ ޖަދޭދާއެވެ. އޭނާވަނީ ފަހު އޯވަރުގައި ތިރީސް ހަތް ލަނޑު ހަދައި އައިޕީއެލްގެ ރިކޯޑާ ހަމަކޮށްފައެވެ. ޖަވާބުގައި ކުޅެން ނުކުތް، ބެންގަލޯރއަށް ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ ސަތޭކަ ބާވީސް ލަނޑެވެ.

އާދިއްތަ ދުވަހު ކުޅުނު ދެ މެޗާ އެކު ކޮންމެ ޓީމަކަށްވެސް ފަސް މެޗު ހަމަވެފައިވާއިރު ޓޭބަލްގެ އެއްވަނައިގަ ޗެންނާއީ އޮތީ ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗު ކާމިޔާބުކޮށްގެނެވެ. ދެވަނައިގަ އޮތް ދެއްލީ ކެޕިޓަލްސް އަދި ތިންވަނައިގަ އޮތް ރޯޔަލް ޗެލަންޖަރސް ބެންގަލޯރވެސް ފަސް މެޗުން ހަތަރު މެޗު ކާމިޔާބުކުރިއެވެ. ޓޭބަލްގެ ހަތަރުވަނައިގަ އެންމެ ފަހުގެ ޗެމްޕިއަން މުމްބާއީ އޮތް އިރު ޓޭބަލްގެ ފުލުގައި ފަސް މެޗުން އެއް މެޗު ކާމިޔާބުކޮށްގެން އޮތީ ކޮލްކަތާ ނައިޓް ރައިޑަރސްއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް