ads
ރޯދަ މަހު ކަސްރަތު ކުރާނީ ކިހިނެތް؟
ރޯދަމަހަކީ ކޮންމެ އަހަރަކުވެސް މުލިމުންނާއި ކުރިމަތިލާ މައްސަރެކެވެ. މި މައްސަރުގައި ވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކަސްރަތުކޮށް ހެލިފެލިވެ އުޅުން މުހިންމެވެ.

މިގޮތުން ކަމާއިގުޅޭ މާހިރުން ބުނާގޮތުން ކޮންމެ ކަސްރަތަކާއެކު އެންމެ މުހިންމު އެއްކަމަކީ އެމިހެއްގެ ހަށިގަނޑަށް ބޭނުންވާ ރަނގަޅު ކާނާކެއުމެވެ. 

ކާންވީ ކޯއްޗެއް؟ އަދި ކަސްތަތު ކުރަން ރަނގަޅީ ކޮން ވަގުތަކު؟

ރޯދަމަހު ކެވެން އޮންނަވަގުތަކީ ރޭގަނޑު ވަތުތުކަމުން މުޅި ދުވަހަށް ބޭނުންވާ މިންވަރަށް ވިސްނައިގެން ކެއުން މިހިންމެވެ. އެންމެ ރަނަގޅު ގޮތަކީ ހާރުގަޑީގައި ފަތިހާއި ގާތްކޮށްފައި ރަނގަޅު ކެއުމެއް ކެއުމެވެ. އަދި ފަތިހުގެ ނަމާދަށްފަހު ކޮންމެވެސް މިންވަރަކަށް ކަސްރަތުކޮށްލުމެވެ. ސަބަބަކީ ހަވީރަށް މަޑުކޮށްފިނަމަ ފެންމަދުވުން ފަދަ މައްސަލަތައް ކުރިމަތިވެދާނެތީއެވެ. 

ބަތާއި ޕާސްތާ ފަދަ ތަކެތީގެ ބަދަލުގައި ގޮވާމާއި، ތަރުކާރީ ކާބޯތަކެތީގައި އިތުރުކުން ބުއްދިވެރިއެވެ. އަދި ވީހާވެސް ގިނައިން ދިޔާ ތަކެތި ބުއިން މުހިންމެވެ.

ކުރޭނީ ކޮން ކަސްރަތު ތަކެއް؟ 

ރޯދަމަހު ހުރިހާ ކަސްރަތެއްވެސް ކުރެވިދާނެވެ. ނަމަވެސް ކޮންމެސް ވަރަކަށް ކަސްރަތުތަކަށް ބަދަލުގެންންޖެހެއެވެ.

ރޯދަމަހު ކާޑިއޯ ނުވަތަ ދުވެގެން ނުވަތަ ގިނައިން ހިގައިގެން ކުރާ ކަސްރަތުތައް މަދުކޮށްލުން މުހިންމެވެ. ސަބަބަކީ ރޯދަމަހު ކެއުމާއި ބުއިމަށް އަންނަ ބަދަލުތަކުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެނާއި، ޕްރޮޓީން ފޯރުކޮށް ނުދެވިދާނެތީއެވެ. 

ރޯދަ އަށްހުނަނައިރު ހަށިގަނޑުން ކާބޯ ހައިޑްރޭޓްސް ރައްކާކުރެއެވެ. އެއީ ހަކަތަ ހޯދުމަށްޓަކައެވެ. މީގެ ސަބަބުން މަސްތައް މާބޮޑަށް ވަރުގޮސް ހިކޭގޮތް މެދުވެރިވެދާނެއެވެ. މިހެންކަމުން ކާޑިއޯ މަދުކޮށް ރެސިސްޓެންސް ޓްރެއިނިން ހެދުން މުހިންމެވެ. ރެސިސްޓެންސް ޓްރެއިނިންއަކީ މަސްތަކުގައި ވަރުޖައްސައި މަސްތައް ހަރުދަނާކުރުމަށް ކުރާ ކަސްރަތުތަކެވެ. 

އެގޮތުން ސްކުއަޓްސް، ޕުޝްއަޕްސް ފަދަ ކަސްރަތުތަކާއި، ބަރު އުފުލައިގެން ކުރާ ކަސްރަތުތައް ރޯދަ މަހު ކުރާމިންވަރު އިތުރުކުރުން މުހިންމެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް