ads
ޕެސްޓު
ޕެސްޓުގެ މައްޗަށް ކޯރެއްގެ ދައުވާ ކޮށްފި
ދިވެހި މިއުޒިކް އިންޑަސްޓްރީގައި "ރެޕް ކިންގު" ގެ ގޮތުގައި މަޝްހޫރު ވެފައިވާ އިސްމާއީލް އިފްހާމް މުހައްމަދު (ޕެސްޓު)ގެ މައްޗަށް މަސްތުވާތަކެއްޗާ ގުޅޭ ގިނަ ދައުވާތަކެއް ކޮށްފިއެވެ.

ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޭނާގެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވާފައިވަނީ  މިއަދު އެވެ.

އޭނާ އާއެކު އެމައްސަލައިގައި ތުހުއްމަތު ކުރެވޭ މީހުންނަށް ދައުވާ ކޮށްފައިވަނީ މަސްތުވާތަކެތި އެތެރެ ކުރުމަށްފަހު އެތަކެތި ގޭގޭގައި ބަހައްޓައިގެން އެތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އޭގެ ވިޔަފާރި ކޮށްފައިވާ މައްސަލައިގައެވެ. 

އެގޮތުން މި މައްސަލައިގައި ޕެސްޓަށް މައިގަނޑު ފަސް ދައުވާއެއް ކޮށްފައިވެއެވެ. އޭގެ ތެރޭގައި ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އާއި، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އާއި، މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އަދި ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދައުވާ ހިމެނެއެވެ. 

ޕެސްޓާއެކު އިތުރު ހަތަރު މީހަކަށް މި މައްސަލައިގައި ދައުވާ ކުރެވޭއިރު، މި މައްސަލައިގައި ޕެސްޓަށް ވަނީ ކޯރެއްގެ ދައުވާ ކޮށްފައެވެ. އަދި ދެންތިބި މީހުންނަށް ކޮށްފައިވަނީ އޭގެން ކުޑަ ކޯވަރެއްގެ ދައުވާއެކެވެ.

މި މައްސަލައިގައި އެމީހުން ހައްޔަރު ކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުގައެވެ. އެދުވަހުން ފެށިގެން މިއަދާ ހަމައަށް ޕެސްޓު ހުންނަނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. 

69%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
16%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް