ads
އާލިއާ އާއި ރަންބީރު
ރަންބީރާއި އާލިއާގެ ކައިވެނީގެ ދައުވަތު ކާޑު ފެނިއްޖެތަ؟
ބޮލީވުޑުގެ މަޝްހޫރު ތަރި ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ކައިވެނީގެ ކާޑުގެ ފޮޓޯއެއް އާންމު ވެއްޖެއެވެ.
ބޮލީވުޑުގެ މަޝްހޫރު ތަރި ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ކައިވެނީގެ ދައުވަތު ކާޑުގެ ފޮޓޯއެއް އާންމުވެއްޖެ އެވެ.

ރަންބީރާއި އާލިއާގެ ކައިވެންޏަކީ މިހާރު ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ކައިވެންޏެކެވެ. އެގޮތުން މިކައިވެންޏާ ބެހޭގޮތުން ގިނަ ވާހަކަތަކެއް މިހާރު ދަނީ ދެކެވެމުންނެވެ.

އެގޮތުން އަނެއްކާ ވެސް މިވަނީ މި ދެ މީހުންގެ ކައިވެންޏާ ގުޅޭ އާވާހަކައެއް ފެށިފަ އެވެ. މިވާހަކަ ދެކެވެން ފަށާފައިވަނީ ސޯޝަލް މީޑިއާގައި އާންމު ވެފައިވާ ކާޑެއްގެ ސަބަބުންނެވެ. މިކާޑަކީ މި ދެ މީހުންގެ ކައިވެނީގެ ކާޑު ކަމަށް ބުނެވެ އެވެ.


މިކާޑުގައި ބުނާ ގޮތުގައި ރަންބީރާއި އާލިއާ ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު ހަވީރު 5:00 ޖަހާއިރު އެވެ. މިކަމާ ގުޅިގެން އާލިއާއާ ސުވާލު ކުރުމުން އާލިއާ ޖަހާލީ ހިނިގަނޑެކެވެ. މި ހިނިގަނޑުން އެއީ ފޭކު ކާޑެއް ކަން އެނގިގެންދާ ކަމަށް ބައެއް މީހުން ބުނެ އެވެ.

View this post on Instagram

Good morning ❤ #aliabhatt

A post shared by Viral Bhayani (@viralbhayani) on


އާލިއާ އާއި ރަންބީރުގެ ކައިވެންޏާ ގުޅޭގޮތުން ރަންބީރާ ސުވާލު ކުރުމުން އޭނާ ވަނީ ވަރަށް އަވަހަށް ކައިވެނި ކުރާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް އެކަން ކުރާނެ ދުވަހެއް ބުނެފައެއް ނުވެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް